Vazeefaage maahaulah zuvaanun ahuluveri kurumah mashrooeh fashaifi
image
މޯލްޑިވްސް އެންހޭންސިން އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފެ ޔޫތް ޕްރޮޖެކްޓް (މީރީ) އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުމަށް މަޝްރޫއެއް ފަށައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމަށާއި، އާމްދަނީ ހޯދުމުގެ ފުރުސަތުތައް ތަނަވަސްކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މޯލްޑިވްސް އެންހޭންސިން އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ) އިފްތިތާހުކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު ހެނދުނު އިފްތިތާހު ކުރި އެ މަޝްރޫއަކީ ވޯލްޑް ބޭންކްގެ ގިނަ އެހީތަކަކާއެކު ކުރެވުނު މަސައްކަތެކެވެ.

މީރީ މަޝްރޫއަކީ ވޯލްޑް ބޭންކް އިން ހެދި ދިރާސާ ރިޕޯޓް އެއް ކަމަށްވާ "ޔޫތް އިން ދަ މޯލްޑިވްސް ޝޭޕިން ނިއު ފިއުޗާ ފޯ ޔަންގް ވިމެން އެންޑް މެން ޓޫ އެންގޭޖްމެންޓް އެންޑް އެމްޕަވަމެންޓް" ގެ އަލީގައްޔާއި ގިނަ ސްޓޭކް ހޯލްޑަރުންގެ މަޝްވަރާއާއެކު ބައްޓަން ކުރެވިގެން ދިޔަ މަޝްރޫއެކެވެ.

20 މިލިއަން ރުފިޔާގެ އެ މަޝްރޫއަށް ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު ދީފައިވާއިރު ބާކީ 10 މިލިއަން ޑޮލަރު ދީފައި ވަނީ ލޯނުގެ ގޮތުގައެވެ.

މީރީ އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރހިމް ހަސަން ވިދާޅުވީ އެ މަޝްރޫއަކީ ހުރިހާ ޖިންސަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ އިގްތިސާދަށް އެދެވޭ އަސަރުތަކެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ ތެރެއިން ޒުވާނުންނަށް އާމްދަނީ ހޯދޭނެ އެކި ކަހަލަ ހުނަރުތައް ދަސްވެގެން ދިޔުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާގެ އިތުރުން އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާއިން ޒުވާނުން ބިނާ ކުރުމަށް އިސްކަން ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓްގެ ދަށުން ޓޫރިޒަމް އަދި ކޮންސްޓްރަކްޝަން ދާއިރާ އަދި އައިސީޓީ އާއި ގުޅުން ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް އަޅުގަނޑުމެން އިސްކަންދޭނަން،" ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ މީރީގެ ދަށުން ކުރިއަށް ދާނެ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން ލޭބާ މާކެޓް އެސެސްމެންޓެއް ހަދައި އެ ހޯދުންތަކުގެ އަލީގައި ކަރިކިއުލަމްތަކާއި ހުނަރުތައް ބިނާ ކުރުމުގެ ޕްރޮގްރާމްތައް ބޭއްވިގެންދާނެ އެވެ.

ޔޫތު ހަބް ގާއިމްކުރުމުގެ އިތުރުން އިންކިއުބޭޝަން ސަޕޯޓް ފެސިލިޓީސް ގާއިމް ކުރުމާއި އަދި ވިޔަފާރި ފެށުމަށް ހިލޭ އެހީ ދިނުމަށް ވެސް އެ މަޝަރޫއުގެ ދަށުން ހިމެނިފައި ވެއެވެ. ހަމަ އެހެންމެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓްގައި ގާއިމްކޮށްފައިވާ ގުރަހަ ޕްލެޓްފޯމް އިތުރަށް ފުޅާ ކުރުން ފަދަ އެތައް ކަންތައްތަކެއް ކުރިޔަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީރީ ޕްރޮޖެކްޓަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ބާރުވެރި ކުރުމަށާއި އާމްދަނީ ހޯދުމުގެ މަގުތައް ފަހިކޮށްދިނުމަށް ކުރެވިގެންދާ މުހިންމު މަސައްކަތެކެވެ.
ހިޔާލު