Konme meehakaaves adhulu insaaf araa hama kuraane: MP Ali Hussain
image
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ކޮންމެ މީހަކާވެސް އަދުލު އިންސާފު އަރާ ހަމަކުރާނެ ކަމަށް މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ

ކޮންމެ މީހަކާވެސް އަދުލު އިންސާފު އަރާ ހަމަކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން އެހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމާއި ބެހޭ ގޮތުން މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.

ކޮންމެ މީހަކާވެސް އަދުލު އިންސާފު އަރާ ހަމަކުރާނެ ކަމަށާއި ފަނޑިޔާރި ދީދީ މަގާމުން ވަކިކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ފެށުމުގެ ގޮތުގައި އަލީ ހުސައިން ސިފަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރުންނަކީ ދައުލަތެއްގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ނަޒާހަތްތެރިކަމުގެ މިންވަރު އެންމެ މަތީ ދަރަޖާގައި ހުންނަން ޖެހޭ ފަރާތްތައް ކަމަށެވެ. އެ މިންވަރަށް ފަނޑިޔާރުންގެ ސުލޫކީ މިންވަރު ބަހައްޓަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރު ދީދީއާ ބެހޭ ގޮތުން ޖޭއެސްސީން އެކުލަވާލި ރިޕޯޓްގައި ހުރި ބައެއް ކަންކަން ފާހަގަކުރައްވަމުން އަލީ ހުސައިން ވިދާޅުވީ، ރިޕޯޓްގައި އާންމުކޮށްފައިވާ ދީދީގެ މެސެޖްތަކަކީ ލަދު ގަންނަ ކަމެއް ކަމަށެވެ. އޭރުގެ ސަރުކާރުގެ އިސް މަގާމެއްގައި ހުރި ބޭފުޅަކަށް ދީދީ ފޮނުވާފައި ހުރި މެސެޖްތަކުން، ފަނޑިޔާރެއްގެ ފެންވަރު ވަރަށް ދަށު ދަރަޖައަކަށް ގޮސްފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

ފަނޑިޔާރުންނަކީ އަދުލްއިންސާފު ގާއިމުކޮށްދިނުމަށް ހުވާކޮށްގެން ތިބި ބައެއްކަން އަލީ ފާހަގަކުރެއްވި އެވެ. އަދި އެފަދަ ބަޔަކު އެމީހުންގެ އަމިއްލަ އެދުމުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އޮތުމަކީ ލަދުވެތި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ މިއަދު މި ނިމެނީ ދިވެހި އެތައް ރައްޔިތުންތަކެއް ކުރަމުން އާ ދިގު އިންތިޒާރެއް ކަމަށެވެ. އަދި މިއަދު މި ނިންމޭ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ރިއާޔަތް ކޮށް އަލީ ހުސައިން ވިދާޅުވީ، އެދައުރުގައި ގޮނޑީގައި އިންނެވި ދުވަހަށް ވުރެ ރިޔާސީ މޭޒު ކުރިމަތީ ގައި އުޅުއްވި ދުވަސްތައް ގިނަވާނެ ކަމަށެވެ. އަދި އެދުވަހު އެކަން ކުރެއްވީ މިއަދު މިފެނިގެންދާ އިންސާފު ހޯދުމަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު ދީދީ ވަކި ކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު މިއަދުގެ ޖަލްސާގައި ވަނީ މައްސަލައަށް ބަހުސްކޮށްފަ އެވެ. އަދި އެކަމަށް ނެގުނު ވޯޓުގައި ދީދީ ވަކިކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި ޑީޑީ ވަކިކުރަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ ތެރެއިން 72 މެމްބަރުން ވޯޓު ދެއްވީ ދީދީ މަގާމުން ވަކިކުރަން ފެންނަ ކަމަށެވެ. ވަކި ގޮތަކަށް ވޯޓުލާން ބޭނުން ނުވި އެއް މެމްބަރަކު އިންނެވި އެވެ.
ހިޔާލު

މިގޭ

ކަލެއާ އަރާހަމަވާދުވަހު ބުނާނީ ނާއިންސާފުނޭ ކަލޭމެންނަކަށް އެއްކަމެއްވެސް ނުފެންނާނެ.

ނަހުލާ

ސާބަހޭ އައްޔާ، ތީ އަބަދުވެސް ހައްޤްބަސްބުނާ މެމްބަރެއްކަން ހާމަވެއްޖެ، ސޭޓްދެކެ ބިރުން ހައްޤްބަސް ބުނަންނުކެރޭ ބައެއްމެމްބަރުން ޖޭޕީގައި އެބައުޅޭ، މިހާރު ފެނިގެންއެބަދޭ ނިމިދިޔަ ފަސްއަހަރު ތިމަޖިލިސްގައި ރައްޔިތުންގެ އަނގައިގަ ޓޭޕްއަޅުވައިގެން ރައްޔިތުން ބިރުވެރިކަމެއްގައި ބައިތިއްބައިގެން ދައުލަތުގެ ޙަޒާނާ ކައިހުސްކުރި ބައިގަނޑު މަޑުމަޑުން ޖޭޕީއަށްވަންނަމުން ސޭޓްގެ ބޮލައް ޗިޕްޖަހާ މަންޒަރު، މިކަމުގައިވެސް އައްޔަގެ އިޙްލާސްތެރިކަމާ، ހައްޤްބަސް ބުނުމުގައި ހުންނާނެކަމަށް ސައްކެއްނުކުރަން