MMA ge governaruge magaamah Ali haashim ge nan majileehah
image
އަލީ ހާޝިމް-- ފޮޓޯ: އިންޑެޕެންޑެންޓް ނިއުސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަލީ ހާޝިމްގެ ނަން ފޮނުވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް އަލީ ހާޝިމްގެ ނަން މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވުމަށް ހާޝިމްގެ ނަން މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

ހާޝިމަކީ 2008 އިން 2010 އަށް ފިނޭންސް މިނިސްޓަރުގެ މަޤާމް އަދާކުރެއްވި ބޭފުޅެކެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމާއި ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަކީ ރައީސް އައްޔަން ކުރައްވާ ދެ މަޤާމެވެ.

ކުރީގެ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވަނީ ޖުލައި މަހުގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެމްއެމްއޭ
ހިޔާލު