Dhivehi aa safeeru ekamanaage safeeru kamuge faiykolhu Chinage Raeesah aruvaifi
image
ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ދިވެހިރާއްޖެއިން ޗައިނާއަށް ކަޑައަޅުއްވާފައިހުންނަވާ ސަފީރު އައިޝަތު އަޒީމާ-- ފޮޓޯ: ޓްވިޓާ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޗައިނާ އަށް ކަނޑައެޅުއްވި އާ ސަފީރު އެ ގައުމުގެ ރައީސް އަށް ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ޗައިނާއަށް ކަޑައަޅުއްވާފައިހުންނަވާ ސަފީރު އައިޝަތު އަޒީމާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް އަރުވައިފިއެވެ.
ސަފީރު އަޒީމާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް މިއަދު އަރުވާފައިވަނީ ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލް ގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސަފީރު ކަމުގެ ފަތްކޮޅު އެރުވުމާއި ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވަނީ އަޒީމާއަށް މަރުހަބާ ދަންނަވައިފައެވެ. އަދި އެކަމަނާ އަކީ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލިއްޔަތުކަން ހުރި ބޭކަނބަލެއްކަމުގައި ޝާހިދު ވިދާޅުވިއެވެ.

އަޒީމާއަކީ ރާއްޖެއިން ޗައިނާ އަށް ކަނޑައެޅި ފުރަތަމަ އަންހެން ސަފީރުކަން ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ އެކަމަނާގެ ސަފީރުކަމުގެ ދަށުގައި ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށެވެ.
ހިޔާލު