Hanimaadhoo court ge iss magistrate ah naseyhai dhenee
image
ހަނިމާދޫ: އެ ރަށު ކޯޓުގެ އިސް މެޖިސްތްރޭޓަށް ނަސޭހަތް ދިނުމަށް ވަނީ ނިންމާފައި.
0 ކޮމެންޓް
 

ހަނިމާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަށް ނަސޭހަތް ދެނީ

ހދ. ހަނިމާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހަނީފް އަބްދުލްކަރީމަށް ނަސޭހަތް ދިނުމަށް، އޭނާ އާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށްފަހު ނިންމައިފި އެވެ.
ހަނީފަށް ނަސޭހަތްދޭން ނިންމީ އޭނާ އާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަ ތަހުގީގު ކުރި ކޮމިޓީން، ނަސޭހަތް ދިނުމަށް ފެންނަ ކަމަށް ނިންމައި އެ މައްސަލާގެ ރިޕޯޓް ހުށަހެޅުމުން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެކަން ފާސްކޮށްގެންނެވެ.

ނަމަވެސް ހަނީފާއި ދެކޮޅަށް އެ ކޮމިޝަނަށް ހުށަހެޅި މައްސަލާގެ އެއްވެސް ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

ނަސޭހަތްދޭން ނިންމުމުގެ އިތުރުން ތަހުގީގު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ޖަވާބުދޭން ހަނީފަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ހިޔާލު