Jihdhaagai Raajjeyge consulate hulhuvumuge masahkaiy fashaifi
image
ދިވެހި ހައްޖުވެރިން ސައުދީ އަރަބިއާގައި-- ފޮޓޯ: ރާއްޖެއެމްވީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ސައުދީ އަރަބިއްޔާގެ ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމުގެ މަސައްކަތް ފަށައިފި

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެޔާޒުން ފަށައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވަން މިހަފްތާގެ ހޯމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވުމާއި ގުޅިގެން އެމަސައްކަތް ފަށާފައިވާކަމަަށެވެ. އަދި ކޮންސިއުލޭޓުގެ ހިދުމަތް ދޭން ފަށާނެ ތާރީހެއް ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ކޮންސިއުލޭޓަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން، ސައުދީ ހުންނަ ރާއްޖޭގެ އެމްބަސީގެ ބެލުމުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ. އެ ކޮންސިއުލޭޓް އުފެއްދެވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.

ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވީ، ހައްޖާއި އުމްރާ އަށް ދާ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދިނުމަށާއި، ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި، އެތަނުގައި ދިރިއުޅޭ ދިވެހިންނަށާއި، އެތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ސައުދީ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަމްބަރެއް ކަމުގައި ހަމަޖައްސަވާފައި ވަނީ 481 އެވެ.
ހިޔާލު