BREAKING NEWS: Boakoh vaareyvehi Male gai fen boduvehje, current ves kendifai!
image
މާލޭގެ މަގެއްގައި ފެން ބޮޑުވެފައި.-- ފޮޓޯ: އެމްއެންޑީއެފް
1 ކޮމެންޓް
 

ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވެ، ކަރަންޓް ކެނޑިފައި!

މާލެ އަށް މިރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަރަށް ބޮޑަށް މަގުތަކުގައި ފެން ބޮޑުވެފައި ވަނިކޮށް، ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ހުއްޓުމެއްނެތި މާލެ އަށް ބޯކޮށް ވާރޭ ވެހެމުންދާތާ ގަޑިއިރުތަކެއް ވެފައިވާއިރު، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. އެގޮތުން ބައެއް މަގުތަކުގައި ޕަންޕް ބަހައްޓައިގެން މޫދަށް ފެން ބޭރުކުރުމުގެ މަސައްކަތް ސިފައިން ކުރަމުން އެބަގެންދެ އެވެ.

މޫސުން ގޯސްވެފައި ވަނިކޮށް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައި ހުންނަތާ 45 ވަރަކަށް މިނެޓް ވެއްޖެ އެވެ. ނަމަވެސް ކަރަންޓް ކެނޑުނީ ކީއްވެގެން ކަމެއް އަދި އަނބުރާ ކަރަންޓް ލިބޭނީ ކިހާއިރަކުން ކަމެއް ސާފެއް ނުވެ އެވެ.

ސްޓެލްކޯ އިން ޓްވީޓާގައި ބުނީ، މާލޭގެ ބައެއް ހިސާބުތަކުގައި ކަރަންޓް ނެތް ކަމަށާއި އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކަރަންޓް ކެނޑުނީ ކީއްވެގެން ކަމެއް ހާމައެއް ނުކުރެ އެވެ.

މާލެ އަށް މޫސުން ގޯސްވީ އިރު، މެޓް އޮފީހުން ވަނީ މިރޭ ދަންވަރު 1:10 އަކުން ފަތިހު 4:30 އަށް ބ. އަތޮޅާއި ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީދޫ އެލާޓް ނެރެފަ އެވެ. އެގޮތުން އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
ހިޔާލު

ސަންތިމަރިޔަބު

އެޖެންޑާ19ވަރައްވެސް ތަފާތު ދެއްތޯ ކުރިޔައް ބާރައް ކުރިޔައް.........