Tag elhuvumah fahu Adeeb gey bandhah badhalu koffi
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު-- ފޮޓޯ: ސަން
1 ކޮމެންޓް
 

ޓެގު އެޅުވުމަށް ފަހު އަދީބު ގޭ ބަންދަށް ބަދަލުކޮށްފި

ގޭ ބަންދުގައި ހުއްޓާ، ފިލައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް، ރާއްޖެ ގެނެސް ހައްޔަރު ކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އޮތުމަށް ފަހު، ޓެގު އަޅުވާ، އަނެއްކާވެސް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ގޭ ބަންދަށް ބަދަލު ކުރީ ރޭގެ ވަގުތެއްގަ އެވެ. ހިޔާނާތުގެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުއްޓާ، ޖަލު ގޮޅީގެ ފާހާނާ ތެރެއަށް ވެއްޓިވަޑައިގަތުމުން ލިބުނު އަނިޔާއަށް ފަރުވާ ދެއްވުމަށް އަދީބު އޮންނެވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގަ އެވެ.

ކަރެކްޝަންސް އިން ވަނީ އަދީބު ގޭ ބަންދަށް ބަދަލުކުރިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މިހަފްތާ ތެރޭގައި އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދެއްވާފަ އެވެ. ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

އަދި ޓޫރިޒަމް މިނިސްޓަރާއި ނައިބު ރައީސްކަމުގައި ހުންނެވިއިރު ކުރެއްވި ހުރިހާ ކަމެއްވެސް ކުރެއްވީ ސީދާ ޔާމީނުގެ އެންގެވުމަށް ކަމަށާއި، އެ ކަންކަމުގެ ތެރޭގައި ގާނޫނާއި ހިލާފު އެތައް ކުށެއް ހިމެނޭ ކަމަށް އަދީބު އިއުތިރާފްވެވަޑައިގެންނެވި އެވެ.
އަދީބުގެ ޝަރީއަތް
ހިޔާލު

ޓަގު ބުރޯ

މީނަ ރަގަޅުވާނީ ޓަގު އަޅުވާފަބެހެއްޓިއްޔާ