Governor kamah Hashim ge nan dhiraasaa kurumuge massala committee ah
image
އަލީ ހާޝިމް--
މިއުނާ ހަސަން
0 ކޮމެންޓް
 

އެމްއެމްއޭ ގަވަރުނަރު ކަމަށް ހާޝިމްގެ ނަން ދިރާސާ ކުރުމުގެ މައްސަލަ ކޮމިޓީއަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ ނަން ދިރާސާކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ހާޝިމްގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ އިއްޔެ އެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ނަސީރު ޖުލައި މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވިއިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގައި އެމްއެމްއޭގެ އިހުމާލު އޮތް ކަމަށް ބެލެވޭތީ އޭނާއަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އާ ގަވަރުނަރުކަމަށް އައްޔަނު ކުރަން މަޖިލީހަށް ނަން ފޮނުވާފައިވާ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2010 އަށް ސަރުކާރުގެ ފިނޭންސް މިނިސްޓަރެވެ. މިވަގުތު އޭނާ ހުންނެވީ ޕްރެސިޑެންޝަލް އެކްޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގަ އެވެ.
މަޖިލިސް އެމްއެމްއޭ
ހިޔާލު