Sifainge motorcade ge vehicle eh highway mathin accident vejje
image
އެކްސިޑެންޓުވި ވެހިކަލް--
0 ކޮމެންޓް
 

ސިފައިންގެ މޮޓޯކޭޑުގެ ވެހިކަލެއް ހައިވޭމަތިން އެކްސިޑެންޓުވެއްޖެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މޮޓޯކޭޑުގައި ބޭނުން ކުރާ ވެހިކަލެއް ހައިވޭގައި ދުއްވާފައި ދަނިކޮށް މިއަދު މެންދުރު އެކްސިޑެންޓުވެއްޖެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 12:37 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގީ ހުޅުމާލެއިން ބްރިޖާ ވީކޮޅަށް ހައިވޭގައި ދުއްވާފައި ދަނިކޮށް ޑިވައިޑާތަކުގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެކަމުގެ އިތުރު މައުލޫމާތެއް ފުލުހުން އާއްމެއް ނުކުރެ އެވެ. ފުލުހުން ބުނީ އިތުރު ތަފްސީލު ލިބުމުން ހިއްސާ ކުރާނެ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ވެހިކަލް ތެރޭގައި އިން ސިފައިންގެ މީހަކަށް އަނިޔާވި އެވެ. އެކަމަކު ތަފްސީލެއް ނުލިބެ އެވެ.

އެ ހާދިސާގެ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި މޮޓޯކޭޑުގެ ވެކިލަލު ޑިވައިޑާގައި ޖެހުމުން، ދަގަނޑު ޑިވައިޑާ ވަނީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ.

ކުރިން ހައިވޭގައި ހުރި ޕްލާސްޓިކް ޑިވައިޑާތައް ދަގަނޑަށް ބަދަލު ކުރަން ފެށީ، އެކްސިޑެންޓުވާ ކޮންމެ ފަހަރަކު އެތަކެތި ފުނޑުފުނޑުވެ، ހައިވޭ އާއި ބްރިޖުގައި ދުއްވާ އެހެން އުޅަނދު ފަހަރަށް އުނދަގޫ ވާތީ އެވެ.
ހިޔާލު