BREAKING: Bandun jahaali launchun maruvi meehun adhadhu 5 ah araifi
image
މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން.-- ފޮޓޯ: ވަގުތު/ފިރާގު
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މަރުވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި

ލައިވް ކަވަރޭޖް
02:12
30/08/2019
ފަސް މީހުން ވެސް ވަޅުލައިފި. އެންމެންވެސް ވަޅުލީ އެއް ވަޅެއްގައި. ޖަނާޒާގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި.
01:44
30/08/2019
މިއަދުގެ ހިތާމަވެރި ހާދިސާގައި މަރުވި ފަސް މީހުންގެ މައްޗަށް ކުރާ ކަށުނަމާދު ދާދި ދެންމެއަކު ފަށައިފި. ހަނިމާނޫ މަސްޖިދުލް މޫސާ އަލީގައި ކުރިއަށްދާ ކަށުނަމާދުގައި ވަރަށް ގިނަ މީހުން ބައިވެރިވޭ.
01:40
30/08/2019
މި ހާދިސާގައި މަރުވި ފަސް މީހުންގެ މޫނު ދެކިލުމަށް ނޮޅިވަރަންފަރުގެ ގިނަ ބަޔަކު އަދި މާލޭގައި ތިބި އެ އާއިލާގެ ގިނަ ބަޔަކު ވަނީ ހަނިމާދޫ އަށް ގޮސްފައި.
19:57
29/08/2019
މިވަގުތު ހަނިމާދޫ އަށް ވާރޭ ނުވެހުނު ނަމަވެސް އަދިވެސް އެ ސަރަހައްދުގެ މޫސުން ގޯސް.
19:56
29/08/2019
މިއަދުގެ ހިތާމަވެރި ހާދިސާގައި މަރުވި ފަސް މީހުންގެ ޖަނާޒާ ބާއްވާނީ މިރޭ ދަންވަރު 1:30 ހާއިރު.
17:36
29/08/2019
ނޮޅިވަރަންފަރުގެ ގިނަ ބަޔަކު ވަނީ މަރުވި މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ހަނިމާދޫ އަށް ދާން ތައްޔާރުވެފައި. ނަމަވެސް އެ ސަރަހަށްދަށް އަދިވެސް މޫސުން ވަރަށް ގޯސް، އެހެންކަމުން އެ މީހުންނަށް ހަނިމާދޫ އަށް ދިއުމުގައި ވަނީ ދަތިތައް ކުރިމަތިވެފައި. އެކަމަކު މިހާރު ވެސް އެ ރަށުގެ އެތައް ބަޔަކު ވަނީ ހަނިމާދޫ އަށް ގޮސްފައި.
17:35
29/08/2019
ލޯންޗް ބަންޑުންޖަހާލުމުގެ ހާދިސާގައި މަރުވި ފަސްވަނަ މީހާ އަކީ އައިޝަތު އަލީ. އޭނާގެ ފިރިމީހާ ވެސް އެ ޑިންގީން ދަތުރުކުރި.
16:54

29/08/2019
ހަނިމާދޫ ސިއްހީ މަރުކަޒަށް މީހުން ޖަމާވެފައި--
16:39
29/08/2019
16:37
29/08/2019
16:36

29/08/2019
ބަންޑުން ޖަހާލި ޑިންގީ އެއްގަމަށް އަރުވަނީ--
16:33
29/08/2019
މައުލޫމާތު ލިބޭ ގޮތުގައި ބަންޑުން ޖަހާލި ޑިންގީ ލައްވީ ހަނިމާދޫ އަށް
16:30

29/08/2019
ބަންޑުން ޖަހާލި ޑިންގީ އެއްގަމަށް އަރުވަނީ-- ފޮޓޯ: ފީގޯ
16:29
29/08/2019
އެހެންވެ އޭނާ ވަނީ މިވަގުތު ސްރީ ލަންކާގައި އޮތް ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ރާއްޖެ އަންނަން ދަތުރު ފަށާފައި
16:28
29/08/2019
މަރުވި މީހުންގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ އާއިލާ މެމްބަރުން ހިމެނޭ
16:21
29/08/2019
ހަނިމާދޫ އިން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި މަރުވި މީހުންގެ ހަށިގަނޑު ވަޅުލުމަށް ހަމަޖެހިފައި ވަނީ އެ ރަށުގައި
16:20
29/08/2019
16:20
29/08/2019
16:19
29/08/2019
16:15
29/08/2019
16:14
29/08/2019
ޑިންގީ ބަންޑުން ޖަހާލުމުން ފަތާފައި ގޮސް ހަނިމާދޫ އަށް އަރައި، އެކަން އެންގީ އޭނާ ކަމަށް ވޭ
16:14
29/08/2019
ބަންޑުން ޖަހާލި ޑިންގީ ދުއްވަން އިނީ މަރުވި އެއް އާއިލާއެއްގެ ހަތަރު މީހުންނާއި ތިމާގެ މީހެއް
16:12
29/08/2019
މަރުވި ކުޑަ ކުއްޖާގެ ނަމަކީ އީރާ ހަސަން ޝިފާޒް، ފަސްވަނަ މީހާގެ ނަން އަދި ސާފެއް ނޫން
16:12
29/08/2019
ފަސްވަނައަށް މަރުވި އަންހެން މީހާގެ ނަން ވެސް އަދި ސާފެއް ނުވޭ
16:11
29/08/2019
އޭގެ އިތުރުން މަރުވި ދެމެފަރިންގެ މާމަ/ކާފަ ދަރިފުޅު އަދި ގުރައިޝާގެ ހަމައެކަނި ދަރިފުޅު ވެސް ވަނީ މަރުވެފައި، އެ ކުއްޖާގެ ނަމެއް ސާފެއް ނުވޭ
15:45
29/08/2019
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި މަރުވި ބައެއް މީހުންނަކީ ހުސައިން އަބްދުﷲ، ހދ. ނޮޅިވަރަންފަރު، އުނިމާގެ އަދި އޭނާގެ އަންހެނުން މަރިޔަމް މަނިކެ، އެދެމަފިރިންގެ ހަމައެކަނި ދަރިފުޅު ގުރައިޝާ އަބްދުﷲ
15:44
29/08/2019
މައުލޫމާތު ލިބޭ ގޮތުގައި ލޯންޗު ބަންޑުން ޖަހާލި ސަރަހައްދަކީ އާއްމު ގޮތެއްގައި ވެސް ވަރަށް ކަނޑު ގަދަކޮށް އޮންނަ ސަރަހައްދެއް
15:44
29/08/2019
އެމީހުންގެ ޖަނާޒާއާ މެދު ވެސް އަދި ގޮތެއް ނުނިންމާ
15:43
29/08/2019
އެކަމަކު އާއިލާގެ އެންމެން ހަނިމާދޫއަށް ދެވިފައެއް ނުވޭ
15:30
29/08/2019
މައުލޫމާތު ލިބޭ ގޮތުގައި މަރުވި ފަސް މީހުންގެ އާއިލާގެ އިތުރު މީހުން މިހާރު ވަނީ ހަނިމާދޫ އަށް ދަތުރުކޮށްފައި
15:29

29/08/2019
ހަނިމާދޫ ސިއްހީ މަރުކަޒުގެ ބޭރުގައި މީހުން އެއްވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ
15:27
29/08/2019
ހަނިމާދޫ ސިއްހީ މަރުކަޒުން ބުނެފައި ވަނީ އޮކިސްޖަން ދީގެން އެމީހުން ހާލު ރަނގަޅުވަމުންދާ ކަމަށް
15:26
29/08/2019
މޯލްޑިވިއަނުން ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ހަނިމާދުއަށް މިއަދު ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރެއް ކެންސަލް ކޮށްފައި
15:25
29/08/2019
ހަނިމާދޫ ހެލްތު ސެންޓަރުން އެންމެ ފަހުން ބުނީ އަނެއް ފަސް މީހުން ގެނައި އިރު ވަރަށް ބޮޑަށް ލޮނު ބޮވި، ހާލު ސީރިއަސް ކަމަށް
15:24
29/08/2019
އޭގެ ތެރެއިން ފަސް މީހަކު މަރުވި ކަމަށް އިއުލާން ކުރީ ހަނިމާދޫ ހެލްތު ސެންޓަރުން ކަމަށް އެމްއެންޑީއެފުން ބުނޭ
15:23
29/08/2019
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލި ލޯންޗުގައި ދަތުރު ކުރި އެންމެންނަށް ވެސް އަވަސް ފަރުވާ ދިން ކަމަށް
15:22
29/08/2019
އޭގެ އިތުރުން އެ ހާދިސާގެ މައުލޫމާތު ލިބުނީ ބަންޑުން ޖަހާލި ލޯންޗުގައި ހުރި މީހަކު ފަތާފައި ގޮސް ހަނިމާދޫއަށް އަރާ، މައުލޫމާތު ދިނުމުން ކަމަށްވޭ
15:20
29/08/2019
އެމްއެންޑީއެފުން ބުނީ ލޯންޗު ބަންޑުން ޖަހާލީ ރާއްޖެ އަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި އައި ބާރުގަދަ ކޮޅިގަނޑެއްގައި ކަމަށް
15:19
29/08/2019
ލޯންޗު ބަންޑުން ޖަހާލީ ހަނިމާދޫ ދެކުނު ފަރާތު ފަރުމައްޗަށް ކަމަށް ވެސް އެމްއެންޑީއެފު ކޯސްޓުގާޑުން މައުލޫމާތުދޭ
15:19
29/08/2019
އަދި އޭގައި ދަތުރު ކުރި 10 މީހުންގެ ތެރެއިން މަރުވެފައި ވަނީ ތިން އަންހެނުންނާއި ފިރިހެން މީހަކާއި ކުޑަކުއްޖެއް ކަމަށް، އޭގެ ތެރެއިން ހަތަރު މީހުން ނިސްބަތް ވަނީ އެއް އާއިލާއަކަށް
15:17
29/08/2019
އެމްއެންޑީއެފުން ދެންމެ ބޭއްވި ޕްރެސް ބްރީފިން ގައި ބުނީ ބަންޑުން ޖަހާލާފައި ވަނީ 23 ފޫޓުގެ ލޯންޗެއް ކަމަށް
15:16

29/08/2019
ހަނިމާދޫ ސިއްހީ މަރުކަޒު--
15:15
29/08/2019
ޔެލޯ އެލާޓް ނެރިފައި އޮންނަ އިރު، ކުދި އުޅަނދު ފަހަރުގައި ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރޭ
15:14
29/08/2019
ހަނިމާދޫ ސިއްހީ މަރުކަޒުގައި މިހާރު ތިބި ފަސް މީހުންނަށް ވެސް ދަނީ ފަރުވާ ދެމުން އެކަމަކު އެމީހުންގެ ހާލަތު އަދި ސާފު ނުވާ ކަމަށް އެމްއެންޑީއެފުން ބުނޭ
15:14
29/08/2019
ކިތައްމެ ކުޑަ ދަތުރަކަށް ނިކުތް ނަމަވެސް ސަލާމަތީ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި
15:13
29/08/2019
އެ ފަރާތުން ވަނީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފައި
15:13
29/08/2019
ޑިންގީގައި ދަތުރު ކުރި ލައިފްޖެކެޓެއް އަޅާފައި ނުވާ ކަަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ބުނޭ
15:09
29/08/2019
އެމްއެންޑީއެފުން މިހާރު ބާއްވާ ޕްރެސް ބްރީފިން ގައި ބުނެފައި ވަނީ ލޯންޗުގައި ދަތުރު ކުރި 10 މީހުންގެ ތެރެއިން ފަސް މީހުން މަރުވެފައިވާ ކަމަށް
15:08
29/08/2019
އެ ޑިންގީގައި ހަނިމާދު އަށް ދަތުރު ކުރީ މިޑްޓާމް ބްރޭކުގައި މާލެ އަންނަން ކަމަށް މައުލޫމާތު ލިބޭ
15:07
29/08/2019
ސްކޫލުތަކުގެ މިޑް ސެމެސްޓާ ބްރޭކް ފެށެނީ އަންނަ ހަފްތާގައި، މަރުވި ހަތަރު މީހުންގެ ތެރެއިން ފިރިހެން މީހާއަކީ ނޮޅިވަރަންފަރު ސްކޫލުގައި އެންމެ ގިނަ ދުވަސްވީ ޓީޗަރު
15:06
29/08/2019
ބަންޑުން ޖަހާލި ޑިންގީގައި ހަތަރު ޓީޗަރުން ތިބި ކަމަށްވޭ
15:04
29/08/2019
މަރުވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާއެއްގެ މީހުން، އެއީ ދެމަފިރިންނާއި، އެމީހުންގެ އަންހެން ދަރިފުޅު އަދި އެ އަންހެން މީހާގެ ކުޑަ ދަރިފުޅު
15:03

29/08/2019
ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި ހުސެއިން އަބްދުﷲ (ވ) ރަން ޖުބުލީ ފާހަގަކުރުމަށް މިމަހު އެކެއްގައި ބޭއްވި ހަފްލާގެ ތެރެއިން--
14:57
29/08/2019
މަރުވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާއެއްގެ ހަތަރު މީހުން ކަމަށް ވެސް މައުލޫމާތު ލިބޭ
14:57
29/08/2019
އަދި އެ ޑިންގީގައި ދަތުރު ކުރަމުން ދިޔައީ ނުވަ މީހުން
14:55
29/08/2019
ބަންޑުން ޖަހާލީ ލޯންޗެއް ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް، ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި ބަންޑުން ޖަހާލީ ޑިންގީއެއް
14:52
29/08/2019
ގެއްލުނު އެންމެން ފެނިގެން ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން، ދާދި ދެންމެއަކު މައުލޫމާތު ލިބުނު ގޮތުގައި ފަސް މީހަކު މަރުވި
14:52
29/08/2019
ފަހުން މައުލޫމާތު ލިބުނު ގޮތުގައި ގެއްލުނު ދެ މީހުންނާއި ކުއްޖާ ފެނުނީ މަރުވެފައި އޮއްވާ
14:51
29/08/2019
އަދި އޭގެ ތެރެއިން ހަތް މީހުން އެމްއެންޑީއެފް ކޯސްޓުގާޑަށް ފެނުނުއިރު، ތިން މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް ބުނި
14:50
29/08/2019
ފަހުން އެމްއެންޑީއެފުން ބުނީ އޭގައި ދަތުރު ކުރަމުން ދިޔައީ 10 މީހުން ކަމަށް
14:49
29/08/2019
އެމްއެންޑީއެފުން އެންމެ ފުރަތަމަ ބުނީ އޭގައި ދަތުރު ކުރަމުން ދިޔައީ ފަސް މީހުންނާއި ކުއްޖަކު ކަމަށް
14:49
29/08/2019
އެ ލޯންޗު ނުވަތަ ޑިންގީ ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މެންދުރު 12:30 ހާއިރު
14:48
29/08/2019
ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރު ކުރުމަށް ލޯންޗު ފުރީ ހެނދުނު 11:30 ހާއިރު
14:48
29/08/2019
އެމްއެންޑީއެފް ކޯސްޓުގާޑުގެ ކުއްލި ޕްރެސް ބްރީފިން 03:00 އަށް ތާވަލުކޮށްފި
14:47
29/08/2019
މައުލޫމާތު ލިބޭ ގޮތުގައި މަރުވި ކުއްޖާގެ އުމުރަކީ 3 ނުވަތަ 4 އަހަރު
14:46
29/08/2019
ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ މިވަގުތު މީޑިއާއަށް އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށް
14:45
29/08/2019
ފަސް މީހުން ވެސް ހަނިމާދޫ ސެންޓަރަށް ގެންދިޔައިރު ވަނީ މަރުވެފައި ކަމަށް މައުލޫމާތު ލިބޭ
14:45
29/08/2019
މަރުވި ފިރިހެން މީހާ އަކީ ނޮޅިވަރަންފަރު ސްކޫލުގެ ޓީޗަރެއް ކަމަށްވާ ހުސައިން އަބްދުﷲ
14:44
29/08/2019
މަރުވި ތުއްތު ކުއްޖާއަކީ އުމުރުން އެއް އަހަރުގެ ކުއްޖެއް ކަމަށް ރިޕޯޓުތައް ބުނޭ
14:43
29/08/2019
އެއީ ދެމަފިރިއަކާއި އެމީހުންގެ މާމަ/ކާފަ ދަރިފުޅާއި، ދެ އަންހެނުން
14:42
29/08/2019
އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ލޯންޗުގައި ދަތުރު ކުރި މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައި
ދިހަ މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލުމުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު މަރުވެއްޖެ އެވެ.
ލޯންޗުގައި ދަތުރު ކުރި އެންމެން މިހާރު ފެނިފައިވާއިރު އެ އެންމެން ވެސް ވަނީ ހަނިމާދޫ އަށް ގެންގޮސްފަ އެވެ. ގެއްލިގެން ހޯދަމުން ދިޔަ ތިން މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައިވާކަން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސަލާމް އަލީ ވަނީ ސީއެންއެމް އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗު ބަންޑުން ޖަހާލާފައި ވަނި ހަނިމާދޫ ކަންމައްޗައް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެ އެވެ. އެ ވަގުތު އޭގައި ތިބީ 10 މީހުންނެވެ.
ހިޔާލު