Raajjeygai baavvaa emme bodu foi maurazu fashaifi
image
ނޮވެލްޓީ ބުކްފެއާގެ ތެރެއިން.
1 ކޮމެންޓް
 

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފޮތް މައުރަޒު ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފޮތް މައުރަޒު ކަމަށްވާ ނޮވެލްޓީ ބުކްފެއާ ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.
މިއަދު ހަވީރު އެ ފެއާ ހުޅުވައިދިނީ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި އުޅޭ ކުދިންގެ އިތުރުން ޖަމާލުއްދީން ސްކޫލްގެ އަޑު އިވުމުގައި ދަތިކަން ހުންނަ ކުދިންގެ ކްލާހުގައި ކިޔަވާ ދަރިވަރުންނެވެ. އަދި ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޔަވަތީގެ ކުދިންނަށް ވަނީ 10،000ރ.ގެ ފޮތް ހަދިޔާކޮށްފަ އެވެ.

މިއީ ނޮވެލްޓީ ބުކްފެއާ ބާއްވާތާ 13 ވަނަ އަހަރެވެ. އެހެން އަހަރުތަކާއި އެއްގޮތަށް މި އަހަރުގެ ފެއާ އަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ބޮޑެތި އިނާމުތައް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ގުރުއަތުން ހޮވޭ މީހަކަށް ބޮޑު އިނާމުގެ ގޮތުގައި 200،000ރ. ލިބޭނެ އެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމާއި ބިއްލޫރި މާލަމުގައި ކުރިއަށްދާ ފެއާ ގައި ހެޔޮ އަގުގައި ތަފާތު ގިނަ ވައްތަރުތަކުގެ ފޮތް ލިބޭނެ އެވެ. އަންނަ މަހުގެ 10 އަކާއި ހަމައަށް ކުރިއަށްދާ ބުކް ފެއާ ހުޅުވިފައި ހުންނާނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް 14:00 އިން 00:00 އަށް، ހުކުރު ދުވަހު 14:30 އިން 00:00 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:30 އިން 00:00 އަށެވެ.
ހިޔާލު

ހަތްޕުނޑު

ހަތެއް ފެބްރުއަރީ ހިނގަން މެދުވެރިވީ ލޮނުޒިޔާރަތްކޮޅުގަ އަދާލަތު ޕާޓީއާއި މަދަނީ ޖަމިއްޔާތަކުން ނިކުމެ އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ބަޔެއް ކަމާއި އަދި ދީނަށާއި ރަސޫލާއައް ނިސްބަތްވާގޮތައް ނޭދެވޭއެތަކެއް ވާހަކައެއް އޭރުގެ ރައީސްނަޝީދު ދައްކާކަމައް ބުނެ ބޭއްވި ބޮޑު އެއްވުމެއްގެ ނަތީޖާއެވެ. މިއަދު އެ އެއްވުމުގެ ކުރީ ސަފުގެ އެކަކު އެހެރީ ހޯމްމިނިސްޓަރަކައް ވެ އެއްކަލަ އެމްޑީޕީގެ ލާދީނީ ސަރުކާރުގައެވެ. އަދި އެއީވެސް ލާދީނީ އެމްޑީޕީ ސަރުކާރުން ލާދީނީ މީހުންނައް އިސްލާމްދީނައް ފާޅުގައި ފުރައްސާރަކުރަމުންދާދިއުމައް އެއްވެސް ފިޔަވަޅެއް ނާޅާ އޮތްއިރުގަވެސް މެއެވެ