Life jacket elhuvumakee caption ge zimmaaeh: Transport Authority
image
ބަންޑުން ޖަހާލި ޑިންގީ އެއްގަމަށް އަރުވަނީ-- ފޮޓޯ: ފީގޯ
2 ކޮމެންޓް
 

ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް: ޓަރާންސްޕޯޓް އޮތޯރިޓީ

ކަނޑުދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރުމުގައި ޙާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި އެފަދަ ދުވަސްތަކުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކުރެ އެވެ.

އެގޮތުން އެފަދަ ހާލަތްތަކުގައި ދަތުރުކުރާއިރު، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް ކަން މިރޭ ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ދަތުރު ފެށުމުގެ ކުރިން ސަމާލުކަންދޭންޖެހޭ ކަންތައްތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް ވެސް އެ އޮތޯރިޓީން ވަނީ ގޮވާލާފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބަޔާނެއް ނެރުނު އިރު، ހދ. ނޮޅިވަރަމުން ފުރައިގެން އެ އަތޮޅު ހަނިމާދޫ އަށް ދަތުރުކުރި ޑިންގީއެއް ބަންޑުންޖަހާލައިގެން އޭގެން ދަތުރުކުރި ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެމްއެންޑީއެފުން ބުނީ އެއިން އެއްވެސް މީހަކު ލައިފްޖެކެޓް އަޅާފައި ނެތް ކަމަށެވެ.

ބަންޑުންޖަހާލި ޑިންގީގައި ލައިފްޖެކެޓް ހުރިކަމަށް ބުނާ ކަމަށާއި، ނަމަވެސް އެކަން އަދި ޔަގީން ނުކުރެވޭ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ހިޔާލު

ހަސަން

ޓްރާންސްޕޯރޓް އޮތޯރިޓީ އިން ބަޔާން ނެރުނުއިރު އެއޮތޯރިޓީ ހުންނަ ޢިމާރާތުގައި ހުރި އަލިފާންނިވާފުޅިތައް ހުރީ 2015 އަހަރުގެ ތެރޭގައި މުއްދަތު ހަމަވެފައި. މިކަން ފުލުހުންނަށް އެންގުމުން ބުނީ އެމީހުންނާ ބެހޭ ކަމެއް ނޫން ކަމަށް. ސިފައިން ބުނީ އެމީހުންނާ ބެހޭ ކަމެއް ނޫންކަމަށް.ލިފްޓްގޮޅިން މީހަކު ވެއްޓުނީމާ ހުރިހާ ތަނެއް ޗެކްކުރި.މިހާރު ވެސް ލިފްޓް ނުބަހައްޓާ ކިތައްމެ ޢިމާރާތެއް އެބަހުރި.

ތުއްތުބެ

ލައިފްޖެކެޓް އާާއި ސަލާމަތަށް އެއްވެސް ފިޔަވަޅެއްނާޅާ
އެއްގަމަށް ލޯންޗުގެ ކައްޕި ދިޔުމަކީ އެމީހުންނަށް
އެންމެބޮޑަށް ފުރާނަ ނުރައްކަލުގެ ތެރެޔަށް ދިޔަ
އެންމެބޮޑު އެއްސަބަބު ކަމަށް އަޅުގަޑުދެކެން
ރަގަޅަށްވިއްޔާ ލައިފްޖެކެޓްވެސް ނުހުންނާނެ