Governor kamah Haashim ayyan kurumah aanmunge hiyaalu hoadhanee
image
ހާޝިމް: އޭނާ ކުރިން ވަނީ ފިނޭންސް މިނިސްޓަރުކަން ކުރައްވައިފަ.
2 ކޮމެންޓް
 

ގަވަރުނަރު ކަމަށް ހާޝިމް އައްޔަން ކުރުމާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އެ މަގާމަށް އައްޔަން ކުރުމާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފި އެވެ.
މަޖިލީހުގެ ގަވާއިދުގެ ދަށުން، މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސް ފޮނުއްވާ ބޭފުޅަކާއި ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ފުރުސަތު ހުޅުވާލަން ޖެހެ އެވެ. އެގޮތުން މަޖިލީހުން މިރޭ ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު، އާދިއްތަ ދުވަހުގެ 11:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ވަނީ ގަވަރުނަރުގެ މަގާމަށް ހާޝިމް އައްޔަން ކުރުމާއި ގުޅޭގޮތުން އެއްވެސް މީހެއްގެ ޝަކުވާއެއް އޮތް ނަމަ އެކަން މަޖިލީހަށް ލިޔުމަކުން ހުށަހެޅުމަށެވެ. އީއެއިލުން ނަމަ ޝަކުވާ ހުށަހަޅަން ޖެހޭނީ، [email protected] އަސް މެއިލް ކޮށްގެންނެވެ.

މަރުކަޒީ ބޭންކުގެ ވެރިޔާގެ މަގާމަށް ހާޝިމް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވުމުން އެ ނަން ދިރާސާ ކުރުމަށް ވަނީ މާލިއްޔަތު ކޮމިޓީ އަށް ފޮނުވައިފަ އެވެ. ހާޝިމް އެ މަގާމަށް އައްޔަން ކުރެވޭނީ ކޮމިޓީގެ ރިޕޯޓަށް ބެލުމަށް ފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން ރުހުން ލިބިގެންނެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ނަސީރު ޖުލައި މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވިއިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގައި އެމްއެމްއޭގެ އިހުމާލު އޮތް ކަމަށް ބެލެވޭތީ އޭނާއަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އާ ގަވަރުނަރުކަމަށް އައްޔަނު ކުރަން މަޖިލީހަށް ނަން ފޮނުވާފައިވާ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2010 އަށް ސަރުކާރުގެ ފިނޭންސް މިނިސްޓަރެވެ. މިވަގުތު އޭނާ ހުންނެވީ ޕްރެސިޑެންޝަލް އެކްޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގަ އެވެ.
މަޖިލިސް އެމްއެމްއޭ
ހިޔާލު

މުރާސިލް

ކަމަކުނުދޭ

ނާޅި

އަލީ ހާޝިމުގެ އިލްމީ ޤާބިލް ކަމެއް އެގިފަކާ ނެތުމުން ސިދާ އެއްޗެއް ބުނެވެން ނެތަސް ކޮށްލަން ބޭނުންވާ ސުވާލަކީ މުޅި ރާއްޖެ ތަރައްޤީ ކުރުމަށާއި މާލެ ތަރައްޤީ ކޮށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ގެންގުޅޭނެ މާލީ ސިޔާސަތަކީ ކޮބައިތޯ ؟ މިހާރުވެސް މާލެޔަށް ބަލާއިރު ހަދަމުންދާ އިމާރާތާއި ކުރިޔަށް މާލޭގައި އަޅަން ޕުލޭން ކުރިވިފައިވާ ޢިމާރާތްކޮށް ނިމޭއިރު މާލޭގެ މަގުތަ ކާއި މަގުގެގެ ކާނު ތަކާއި ޕޭމަންޓު ހަލާކުވެ އިންސާނުން ހިގާބިގާވެ ދުއްވާ އެއްޗެހި ދުއްވަންވެސް ނުކެރޭވަރުގެ ބިރުވެރިތަނަކަށް ވާކަން މިހާރުވެސް އެބަފެނޭ ކާނުތަކުން ފެންނުގޮސް ފެންހަރުލާ މަދިރި އާލާވެ ކުނިވަސް ދުވާ ޖަންކުޝަންތަކަށް ބަދަލްވެފައިވާއިރު މިކަންކަން ހައްލުކުރާނީ ކޮންގޮތަކަށް މާލީ ނިޒާމް ބައްޓަންކޮށްގެންތޯ ؟ ޓީވީ ޕޮރޮގުރާމެއްގައި ވިޔަސް މަނިކުފުގެ ވިސްނުން ހިއްސާކޮށްލަ ދިނުން އެދެން !