Dharani 18% ithuruve, 56 billion Rufiya ah
image
ފިނޭންސް މިނިސްޓްރީ.
0 ކޮމެންޓް
 

ދަރަނި 65 ބިލިޔަން ރުފިޔާ އަށް އަރައިފި

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނި 18 ޕަސެންޓް އިތުރުވެ، 65 ބިލިޔަން ރުފިޔާ އަށް އަރަފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ދެ ވަނަ ކުއާޓަރުގެ ދަރަނީގެ ރިޕޯޓް ދައްކާ ގޮތުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނި ވަނީ 4.5 ބިލިޔަން ރުފިޔާ އިން އިތުރުވެފަ އެވެ. އެގޮތުން އޭގެ ތެރެއިން އެންމެ ބޮޑު އެއްޗަކީ ގެރެންޓީ ޑެޓް އެވެ.

ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގެރެންޓީ ޑެޓް 14 ޕަސެންޓަށް އިތުރުވި އިރު، އެތެރޭގެ ދަރަނި ވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ. އަދި ބޭރުގެ ދަރަނި ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ.

ދައުލަތުގެ ދަރަނި ބޮޑުތަނުން އިތުރުވެފައިވާއިރު، މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓަށް 1.7 ބިލިޔަން ރުފިޔާ އިތުރު ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެއާ އެކު މި އަހަރުގެ ބަޖެޓުގެ ޖުމްލަ 31.9 ބިލިޔަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓާއި އެކު މި އަހަރުގެ ބަޖެޓް ޑެފިސިޓް 4.9 ބިލިޔަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ބަޖެޓް ޑެފިސިޓް އުޅުނީ 4.5 ބިލިޔަން ރުފިޔާގަ އެވެ.
ހިޔާލު