Thinadhoo gai kuni managekuraa marukazeh hadhan havaalukohfi
image
ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ހަދަން ހަވާލުކުރުމުގެ ތެރެއިން.-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
0 ކޮމެންޓް
 

ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ހަދަން ހަވާލުކޮށްފި

ގދ. ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ހެދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އަމިއްލަ ކުންފުންޏަކާއި އެކު ސޮއި ކޮށްފި އެވެ.
އެ މަސައްކަތް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ސޮއި ކޮށްފައިވަނީ އަކުއާމެރިން ހޮލިޑޭސް އަށެވެ. އެ ކުންފުންޏަށް ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު އަޅަން ހަވާލުކުރީ 1.4 މިލިޔަން ރުފިޔާ އަށް، 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކަމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރީ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އެވެ. އަކުއާމެރިންގެ ފަރާތުން ސޮއި ކުރީ މެނޭޖިން ޑިރެކްޓަރު އަބްދުއްރަހުމާން މުޖުތަބާ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓަކީ ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
ހިޔާލު