Twitter CEO ge account hack koffi
image
ޓްވިޓާގެ ސީއީއޯ ޖެކް ޑޯސީ--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޓްވިޓާ ސީއީއޯގެ އެކައުންޓް ހެކްކޮށްފި

މަޝްހޫރު ސޯޝަލް މީޑިއާ ޓްވިޓާގެ ސީއީއޯ ޖެކް ޑޯސީގެ ޓްވިޓާ އެކައުންޓް ހެކޮށްލައިފިއެވެ.
ހުކުރު ދުވަހުގެ ވަގުތެއްގައި ޑޯސީގެ އެކައުންޓް ހެކް ކޮށްފައި ވާއިރު، އެ އެކައުންޓުން ވަނީ ހަރުކަށި އިބާރާތުން ގިނަ އަދަދެއްގެ ޓްވީޓްތަކެއް ކޮށްފައެވެ. ޑޯސީގެ އެކައުންޓް ހެކް ކޮށްފައިވަނީ ޗަކްލް ސްކޮޑް ކިޔާ ފަރާތެކެވެ.

ޑޯސީގެ އެކައުންޓުން ފަނަރަ މިނެޓެއްހާ އިރަށް މިފަދަ ޓްވީޓްތަށް ވަނީ ކޮށްފައެވެ. އެ އެކައުންޓަކީ ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ އެކައުންޓެކެވެ.

ޑޯސީގެ އެކައުންޓް ހެކް ކޮށްފައިވަނީ ޓްވިޓާ ބޭނުންކޮށްގެން ނޫން ކަމަށް ޓްވިޓާ އިން ވަނީ ބުނެފައެވެ. ޓްވިޓާ އިން ބުނާ ގޮތުގައި އެކަން ކޮށްފައިވަނީ ޑޯސީގެ އެކައުންޓާ ގުޅިފަ އިންނަ ނަމްބަރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެންނެވެ.

"ނަމްބަރެއް ބޭނުންކޮށްގެން ޓެކްސްޓް މެސެޖްގެ ޒަރިއްޔާއިން ޓްވީޓްތައް ކޮށްފަ ހުރީ. މިހާރު އެމައްސަލަ ވަނީ ހައްލުކުރެވިފަ." ޓްވިޓާ އިން ބުނެއެވެ.

އެހެން ފަރާތަކުން ޑޯސީގެ އެކައުންޓުން ޓްވީޓްތައް ކުރަމުން ދިޔަ ވަގުތުވެސް އެ ޓްވީޓްތައް ދިޔައީ ޑިލީޓްކުރަމުންނެވެ. އެގޮތުގެ މަތިން މިހާރު ވަނީ ހުރިހާ ޓްވީޓެއް ޑިލީޓްކޮށްލައިފައެވެ.

ހެކް ކުރި ފަރާތުން ޕޯސްޓް ކުރި ޓްވީޓްތައް އައިސްފައިވަނީ "ކްލައުޑް ހޮޕާ" ނަމަކަށް ކިޔާ ވަސީލަތަކުންނެވެ. ކްލައުޑް ހޮޕާ އަކީ ޓްވިޓާގެ އެސްއެމްއެސް ހިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިވެދީފައިވާ ފަރާތެކެވެ.

ސިމްސްވެޕިން ނުވަތަ ސިމްޖެކިން އަކީ ހެކަރުންގެ މެދުގައި މަގުބޫލު އުކުޅެކެވެ. މިއުކުޅުގައި ބޭނުންކުރަމުންދާ ނަމްބަރެއް އާ ސިމް ކާޑަކަށް ބަދަލުކުރެވެއެވެ. މިކަން އާންމުކޮށް ކުރަނީ ނަމްބަރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މުވައްޒަފަކަށް އޮޅުވާލައިގެން ނުވަތަ ރިޝްވަތު ދީގެންނެވެ.
ޓްވިޓާ ހެކަރުން
ހިޔާލު