Kaivenyah ahareh nuvanees Miley aai Liam vaki vanee
image
މައިލީ އާއި ލިއަމް--
0 ކޮމެންޓް
 

ކައިވެންޏަށް އަހަރެއް ނުވަނީސް މައިލީ އާއި ލިއަމް ވަކިވަނީ

އެމެރިކާގެ މަޝްހޫރު ޕޮޕް ސްޓާ މައިލީ ސައިރަސް އާއި އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު އެކްޓަރު ލިއަމް ހޭމްސްވޯތް، ކައިވެނި ކުރިތާ އަހަރެއް ނުވަނީސް ވަކިވާން ނިންމައިފި އެވެ.
އެ ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ މީގެ 10 ވަރަކަށް އަހަރު ކުރިން، މަޝްހޫރު ފިލްމު "ދަ ލާސްޓް ސޯންގް"ގެ ޝޫޓިންގެ ތެރެއިން ދިމާވުމަށް ފަހު އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުގައި ދެމީހުން ކައިވެނި ކުރިިކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް އެކަން ކަށަވަރުކޮށްދިނީ މައިލީ އާއި ލިއަމް އިންސްޓަގްރާމު މެދުވެރިކޮށް ކައިވެނީގެ ފޮޓޯތައް ހިއްސާކުރުމަށް ފަހެވެ.

ދެމީހުން ވަކިވާން ނިންމާފައިވާކަން އެމީހުންގެ ގާތް ފަރާތްތަކުން މީޑިއާތަކަށް ކަށަވަރުކޮށްދެއެވެ. އެގޮތުން ވަކިވާން ނިންމި ސަބަބެއްގެ ގޮތުގައި މައިލީ ބޭވަފާތެރިވި ކަމަށް ބުނާ މައްސަލަތަކެއް ވެސް ހިމެނޭއިރު އެކަން މައިލީ ދޮގުކުރެއެވެ.

ދެމީހުން ވަކިވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ދެމީހުން ވަކިވާން ނިންމިއިރު ދެމީހުން ވެސް މިވަގުތު ބޭނުން ވަނީ ކެރިއާއަށް ފޯކަސް ކުރަން ކަމަށް އެމީހުން ބުނެއެވެ.

ވަކިވާން ނިންމި ނަމަވެސް އެކަކު އަނެކަކާއެކު ނަގާފައިވާ ފޮޓޯތައް ދެމީހުން ކުރެއެކެއް ވެސް ޑިލީޓެއް ނުކުރެއެވެ.


މައިލީ އާއި ލިއަމް ކައިވެނި ކުރި އިރު އެ ދެ ތަރިން އެންގޭޖްވީ 2012 ގައެވެ. ނަމަވެސް ޖެހިގެން އައި އަހަރު އެންގޭޖްމަންޓް އުވާލާ، ދެ ތަރިންގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން ދުރުވީ އެވެ. އަނެއްކާ ވެސް އެ ދެ ތަރިން އެކުގައި ފެނިގެން ދިޔައީ 2015 ވަނަ އަހަރެވެ. ހަމަ އެ އަހަރު ވަނީ އަލުން އެންގޭޖްވެ އެގުޅުން އަލުން ކުރިއަށް ގެންދަން ނިންމާފައެވެ.
ހިޔާލު