BML community fundun thin vana burah proposal hushalhumah hulhuvaifi
image
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި ހަރަކާތެއް-- ފޮޓޯ: ބީއެމްއެލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ތިންވަނަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން ތިންވަނަ ކުއާޓާއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.

މިއަހަރުގެ ތިން ވަނަ ބުރަށް ކޮމިއުނިޓީ ފަންޑުން އެހީ ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލާފާވާއިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮތީ ސެޕްޓެމްބަރު، 19 ގެ 12:00 ގެ ނިޔަލަށެވެ.

މިއަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އަކަށް ބީއެމްއެލް އިން 50000 ރުފިޔާ ދެއެވެ.

މި ފަންޑުގެ ދަށުން މި އަހަރުގެ ދެ ކުއާޓަރެއްގައި 10 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު ފުރަތަަމަ ބުރުގައި އެހީދީފައިވަނީ ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް ހެދުމާއި ޅ. ނައިފަރު އަދި މ. ދިއްގަރުގެ ސްކޫލް ސަރަހައްދުގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުން ކުރުމަށް ހިޔާވައްސެއް ހެދުމަށް ހުށަހެޅި ޕްރޮޕޯސަލްގެ އިތުރުން އދ. ދަގެނތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ފޯރުކޮށްދިނުމަށް ހުށަހެޅި ޕްރޮޕޯސަލް އަދި ދ. މާއެނބޫދޫ ސްކޫލުގެ ލައިބްރަރީ ތަރައްގީކުރުމަށް ހުށަހެޅި ޕްރޮޕޯސަލަށަވެ.

2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 110 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބީއެމްއެލް
ހިޔާލު