Sarukaaru las vegen ulheykah nuvey, vaguthu nagaane: Nasheed
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ސަރުކާރު ލަސްވެގެން އުޅޭކަށް ނުވޭ، ވަގުތު ނަގާނެ: ނަޝީދު

ސަރުކާރުގެ ދުވެލި ލަސް ވެގެން އުޅެން އަދި ނުވާ ކަމަށާ ބަޖެޓްގައި ހުންނަ މަޝްރޫއުތައް ފެށުމަށް ވަގުތު ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޒުވާނުންގެ ކޮންގްރެސް 2019 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގެ ދުވެލި ލަސްވެފައިވާ ކަމަށް ބައެއް ފަރާތްތައް ބުނަމުންދާ ވާހަކައަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. ނަޝީދު ވިދާޅުވީ ކޮންމެ ސަރުކާރަކަށް ވެސް ބަޖެޓްކޮށްފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުން ފެށެނީ 70 އިންސައްތައަށް ވުރެ ދަށް އަދަދެއް ކަމަށެވެ.

"ރައީސް ސޯލިހުގެ ސަރުކާރުން ކުރާ ކަންކަން ލަސްކަމަށް ބުނެ އެބަ ވާހަކަ ދައްކާ. އެއީ ދޮގެއް! އެއީ ކަނޑައެޅިގެން ދޮގެއް. އެއީ ތަކުރާރު ކޮށް ކޮށް ކޮށް އެއީ ތެދަކަށް ހަދަން އުޅޭ ދޮގެއް. ވިސްނަވާތި، އެ ދޮގުގެ ތެރެއަށް ތިބޭފުޅުން ނުވަންނަވާތި. އެ ދޮގު ތަކުރާރު ނުކުރައްވާތި. އަދި މީހަކު ކަމެއް ނުވެގެން ލަސްވެގެނެއް އުޅޭކަށް ނުވޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޝްރޫއުތައް މިއަދުން މިއަދަށް ފެށުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަންކަމަށް ވަގުތު ނަގާނެކަން ގަބޫލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ތަރައްގީގެ ނަމުގައި ބައެއް މީހުން ވަކާލާތު ކުރަނީ "މޮޔަ" ކަންކަން ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓް އެޅުމާއި ރަށް ހިއްކުމަކީ ތަރައްގީކަން ގަބޫލުކުރެވުމަކީ ބޮޑު އޮޅުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ކުޅުދުއްފުށީ އެއާޕޯޓާއި ހޯރަފުށީގައި އަޅަމުންދާ އެއާޕޯޓަށް ނަޝީދު އަލިއަޅުއްވާލެއްވި އެވެ. ނަޝީދު ވިދާޅުވީ މިފަދަ މަޝްރޫއުތަކަކީ "މޮޔަ ކަމެއް" ކަމަށާ މަަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯދުމަށް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެ ތަންތަން އަޅަމުން ދާނެކަން. އަޅުގަނޑަށް ޔަގީން. އެހެން ނަމަވެސް އަޅަމުން ދިޔަޔަސް އަޅުގަނޑު މި ދަންނަވަނީ ތިއީ މޮޔައެކޭ! ތިޔަކަމައިގެން ނޫޅުއްވާށޭ. ހަގީގީ ތަރައްގީ ހޯއްދަވަން އުޅުއްވާށޭ،" ނަޝީދު ވިދާޅުވިއެވެ.

ތަރައްގީ ހޯދުމަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހަލާކުކޮށްލައިގެން ނުވާނެކަން ނަޝީދު ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއް ކަމަށާއި ރަށުގެ ފަޅު ތެރެއިން ވެލި ނަގާ ރަށު ތެރެއަށް އެޅިޔަކަސް ތަރައްގީއެއް ނާންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ތަރައްގީގެ ނަމުގައި ރާއްޖޭގެ ވަސީލަތްތައް ހަލާކު ނުކުރުމަށް ނަޝީދު އެދިވަޑައިގަތެވެ. އަދި އެއީ ތަރައްގީ ކަމުގައި މީހުން ސިފަކުރިޔަސް އެކަމަށް ނުހެއްލުމަށް ވެސް އެދިވަޑައިގަތެވެ.

އެމްޑީޕީގެ ފުރަތަމަ ޒުވާނުންގެ ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އެޕާޓީން ބުނެއެވެ. އޭގެ ތެރޭގައި އެމްޑީޕީ ޓިކެޓްގައި މަޖިލިސް އިންތިހާބު ކާމިޔާބު ކުރި ހަތް މެމްބަރުންނާއި އެ ޕާޓީގެ ސްލޮޓްގައި މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އެކަކާއި ޕާޓީ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި 147 މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލިހުގެ 10 މެމްބަރަކާއި ޒުވާނުންގެ ގޮފީގެ 86 މެންބަރަކާއި އެ ގޮފި ހިންގާ ކައުންސިލްގެ 11 މެންބަރުން ހިމެނެ އެވެ. މި އެންމެންނާ އެކު ބައިވެރިންގެ އަދަދު 403 އަށް އަރަ އެވެ.
ހިޔާލު

ާލި

ޥެރިކަން ނުލިބޭ އިރު ހީވަނީ ގަޔަށް ހިނި އަރައިގެން އުޅޭ ހެން މިހާރު ދެން ނުފެންނާނެ ރާއްޖެ ތެރޭގައި މީހުން އުޅޭ ހާލެއް މިއަދު އންނ ދެއްކި ވާހަކަ އަކުން ހީވަނީ ބަގާވާތަކަތް މަގު ކޮށާދޭން އުޅޭ ހެންނެ