Kandu dhathuru kuraairu Life Jacket alhaathoa balan fashaifi
image
ފަސެންޖަރުންތަކެއް ލައިފް ޖެކެޓު އަޅައިގެން ދަތުރުކުރަން ތައްޔާރުވެފައި-- ފޮޓޯ: ޓްރާންސްޕޯޓް އޮތޯރިޓީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކަނޑު ދަތުރުކުރާއިރު ލައިފް ޖެކެޓު އަޅާތޯ ބަލަން ފަށައިފި

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރުތަކުގައި ދަތުރު ކުރާއިރު ފަސެންޖަރުން ލައިފް ޖެކެޓް އަޅާތޯ ޓްރާންސްޕޯޓް އޮތޯރިޓީން ބަލަން ފަށައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ފޭސްބުކް ޕޭޖުގައި މިއަދު ބުނީ އެ އޮތޯރިޓީން ރަށްރަށުގައި ތަމްރީނުކޮށްފައިވާ ސާވެޔަރުން އެ ރަށްރަށުން ފުރާ އުޅަނދުފަހަރުގައި ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ބަލަން ފަށާފައިވާ ކަމަށެވެ.

ރަށްރަށުން ފުރާ އުޅަނދުފަހަރުގައި ތިބޭ ފަސެންޖަރުން، ލައިފް ޖެކެޓު އެޅުމަށް އިލްތިމާސްކުރަމުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކެޕްޓަނުންނާއި ފަޅުވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

"ކެޕްޓަނުންނާއި ފަޅުވެރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ލައިފްޖެކެޓް އަޅާނެ ގޮތް ކިޔާދީ ލައިފް ޖެކެޓް ހުރިހާ ފަސިންޖަރުންނަށް ފޯރުކޮށްދިނުމަށް ހަނދާންކޮށްދެން،" ޓްރާންސްޕޯޓް އޮތީރިޓީން ބުންޏެވެ.

ރަށްރަށުން ފުރާ އުޅަނދުފަހަރުތަކުގައި ފަސެންޖަރުން ލައިފް ޖެކެޓް އަޅާތޯ ޓްރާންސްޕޯޓް އޮތޯރިޓީން ބަލަން ފަށާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު، ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ބަންޑުން ޖަހާލާ، އޭގައި ދަތުރު ކުރި 10 މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައި ވަނިކޮށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ކަނޑުމަތިން އެމީހުން ސަލާމަތް ކުރިއިރު އޭގެ ތެރެއިން އެއްވެސް މީހަކު ލައިފްޖެކެޓު އަޅާފައެއް ނުވެއެވެ. އެހެންވެ، އެމްއެންޑީއެފުން ވެސް ވަނީ ދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެހާދިސާއާއެކު ގިނަ ބަޔަކު އަންނަނީ ކަނޑު ދަތުރުކުރާއިރު ލައިފް ޖެކެޓު އެޅުމަށް މަޖުބޫރު ކުރުމަށް ގޮވާލަމުންނެވެ.
ހިޔާލު