Wamco muvahzafakah hamalaadhin mahsala eh balanee
image
ހަމަލާދޭ ވީޑިއޯގެ ސްކްރީންޝޮޓެއް--
1 ކޮމެންޓް
 

ވެމްކޯ މުވައްޒަފަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކަށް ހަމަލާދޭ ވީޑިއޯއެއް އާއްމުވެ އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މިއަދު އާއްމުވި އެ ވީޑިއޯއިން ފެންނަނީ ވެމްކޯގެ ޔުނިފޯމުގައި ހުރި ފިރިހެނަކަށް ޕްލާސްޓިކް ހޮޅިއަކުން ފިރިހެނަކު ހަމަލާދޭ ތަނެވެ.

އެއީ ކޮން އިރަކު ހިނގި ކަމެއްކަން ވެސް އަދި ސާފު ނުވެއެވެ. ވެމްކޯ މުވައްޒަފާ ދިމާލަށް ހަޑި ބަހުން މުއާމަލާތްކޮށް އެ ހޮޅިން ދެ ތިން ފަހަރު އޭނާގެ ގައިގާ ޖަހާ މަންޒަރު ވެސް ފެނެއެވެ.

އެ ދެމީހުންގެ މެދުގައި މާރާމާރީ ހިންގަން ޖެހުނު ސަބަބު ސާފު ނުވާއިރު ފުލުހުން ބުނީ ވެމްކޯ މުވައްޒަފަކަށް ހަމަލާދޭ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށެވެ.
މާރާމާރީ ފުލުހުން
ހިޔާލު

ޢަހުމަދު

މީވަރަށް ދެރަކަމެއް މިކަން ކަންކަން މީމުޖުތަމާއު ބަލާނުގައްނާނެ