Bidheysee ehge accountun vagah 1000 Rufiyaa negi meehaku 28,000 Rufiyaa inn joorimanaa
image
ކްރިމިނަލް ކޯޓު-- ފޮޓޯ: ސަން
1 ކޮމެންޓް
 

ބަންގްލަދޭޝް މީހެއްގެ ބޭންކު އެކައުންޓް އެއްހާސް ރުފިޔާ ވަގަށް ނެގި މީހަކު 28،000 ރުފިޔާ އިން ޖޫރިމަނާކޮށްފި

ބަންގްލަދޭޝް މީހެއްގެ ބޭންކު އެކައުންޓުން ވަގަށް އެއް ހާސް ރުފިޔާ ނެގި ދިވެއްސަކު 28،000 އަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ޖުލައި 25 ގައި ކުރެއްވި ހުކުމުގައި ވަނީ ސ. ހުޅުދޫ، ސެލްޓަން، މުހައްމަދު ރަޝީދުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވާ ކަމަށެވެ.

"މުހައްމަދު ރަޝީދު، 09 މޭ 2017 ދުވަހު 14:52 އެހާކަށް ހާއިރު، މާލެ މަޖީދީމަގު ބޭންކު އޮފް މޯލްޑިވްސް ބްރާންޗް އޭޓީއެމް އިން، ބަންގްލަދޭޝް ރައްޔިތެއް ކަމަށް ބަޝީރް އަހްމަދުގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން ބަޝީރު އަހުމަދަށް ނޭނގި 1600 ރުފިޔާ ވަގަށް ނަގާފައިވާކަން،" ދައުލަތުން ހުށަހެޅި ހެެއްކާއި ގަރީނާއިން ސާބިތުވާ ކަމަށް އެ ހުކުމުގައި ވެއެވެ.

އެހެންކަމުން ގާނޫނުލް އުގޫބާތުގެ ދަށުން މުހައްމަދު ރަޝީދު ވަނީ 28،800 ރުފިޔާއިން ޖޫރިމަނާކޮށް، 25 އޯގަސްޓުން ފެށިގެން 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.
ހިޔާލު

ކޮކީ

ބަންގާޅުންގެ ބާރު ހާދަހާވާ ގަދައޭ މިގައުމުގަ.