Rasmee dhathuru nimmalehvumahfahu defense chief raajje vadaigannavaifi
image
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ޑިފެންސް ޗީފް ރާއްޖެ ވަޑއިގަންނަވައިފި

ސްރީލަންކާ އާއި ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް، ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އެ ދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް މަރުހަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސީނިއާ އޮފިސަރުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރަކީ، މިދިޔަ މަހުގެ 26 އިން 28 އަށް ތައިލެންޑުގައި ކުރިއަށްދިޔަ "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.

އޭގެ އިތުރުން ސްރީލަންކާއަށް މިދިޔަ މަހުގެ 29 އިން 30 އަށް ކުރެއްވި ދަތުރަކީ ސްރީލަންކާ އަސްކަރިއްޔާގެ އާމީ ކޮމާންޑުގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. އެދަތުރުގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސްރީލަންކާގައި ކުރިއަށްދިޔަ "ދަ ކޮލަމްބޯ ޑިފެންސް ސެމިނަ 2019" ގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
ހިޔާލު