Mees Media ge asaru bodah kuranee anhen kudhinnah
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މީސްމީޑިއާގެ އަސަރު ބޮޑަށް ކުރަނީ އަންހެން ކުދިންނަށް

މީސްމީޑިއާ އަކީ މިހާރު ފުރާވަރު ކުދިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލް އެއްޗެކެވެ.
މީސްމީޑިއާގެ ސަބަބުން އެކި ގޮތް ގޮތުން ނޭދެވޭ އަސަރުތައް ކުރާއިރު ސައިންސްވެރިންގެ ދިރާސާއަކުން ދައްކާ ގޮތުން ފިރިހެން ކުދިންނަށް ވުރެ ބޮޑަށް އަންހެން ކުދިންނަށް އެއިން އަސަރުކުރާވަރު ބޮޑެވެ.

ފިރިހެން ކުދިންނަށް ވުރެ ގިނައިން އަންހެން ކުދިން މީސްމީޑިއާ ބޭނުންކުރާ ކަމަށް ދިރާސާއިން ދެއްކި އިރު އެފަދަ ކުދިން ބޮޑުވަމުން އަންނަ ވަރަކަށް މީސްމީޑިއާގެ ސަބަބުން ނަފްސާނީ ގޮތުން އެކުދިންނަށް ދިމާވާ އަސަރުތައް ވެސް ބޮޑުވަމުންދާ ކަމަށް ދައްކައެވެ.

ދިހަހާސް މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން ދައްކާ ގޮތުން އަންހެން ކުދިން އުމުރުން އެންމެ 10 އަހަރުން ފެށިގެން ސޯޝަލް މީޑިއާ އިން ދިމާވާ އެފަދަ ނޭދެވޭ އަސަރުތަކާއި ކުރިމަތިލަމުން އާދެއެވެ.

ހަމަ އެހެންމެ މީސްމީޑިއާގައި ގިނައިން ވަގުތު ހޭދަކުރުމަކީ ފިކުރުބޮޑުވުން ފަދަ ކަންތައްތައްވެ ސް ދިމާވުމަށް މަގުފަހިވެގެންދާ ކަމެކެވެ.

ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް ފަދަ އެޕްލިކޭޝަންތައް ބޭނުން ކުރުމަކީ ހަނގާ ކުރުމާއި، ޖިންސީ ފުރައްސާރަ ފަދަ ގިނަ ކަންތައްތައް ވެސް ދިމާވާ ކަމެކެވެ.

އަދި އެފަދަ މައްސަލަަތައް މީހަކާ ހިއްސާ ކުރަން ނުކެރި އެ ވޭނުގައި ބައެއް ކުދިން އަމިއްލަ ނަފްސަށް ގެއްލުން ދޭ ހިސާބަށްވެސް އާދެއެވެ.
ކުޑަކުދިން
ހިޔާލު