Vazeefaa aa behey gothun dhekki vaahaka vanee olhifa: Nasheed
image
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ވަޒީފާއާ ބެހޭ ގޮތުން ދެއްކި ވާހަކަ އޮޅިފައިވާނަމަ މައާފަށް އެދެން: ނަޝީދު

ޕެޕޭ ސްޕްރޭގައި ޖެހުނު އެންމެންނަށް ސަރުކާރު ވަޒީފާ ނުދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްކެވި ވާހަކަ ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ދެއްކެވި ވާހަކަ އޮޅުނީ އެމަނިކުފާނުގެ ބަހުރުވަ ހުރި ގޮތުން ނަމަ މައާފަށް އެދޭ ކަމަށެވެ. އަދި އެމަނިކުފާނު ފާހަގަ ކުރެއްވީ އެންމެންނަށް ސަރުކާރުގެ ވަޒީފާ ހަމަޖެއްސުމަކީ ވާނެ ކަމެއް ނޫން ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިއްޔެ އަޅުގަނޑު ދެއްކި ވާހަކަ ވަނީ ވަރަށް ބޮޑަށް އޮޅިފަ. އަޅުގަނޑުގެ ބަހުރުވަ ހުރި ގޮތުން އޮޅުނު އޮޅުމެއް ކަމަށް ވާނަމަ ވަރަށް ބޮޑަށް މައާފަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވަޒީފާއެއް ހަމަޖެހޭ އިރު އެ ވަޒީފާއަކީ ސިޔާސަތުތައް ހިންގައިގެން އުފެދޭ ދެމެެހެއްޓެނިވި ވަޒީފާއަކަށް ވާންޖެހޭ ކަމަށެވެ. އަދި އިއްޔެ ދެއްކެވި ވާހަކައިގެ މައިގަނޑު ނުކުތާއަކީ އެއީކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ނަޝީދު އިއްޔެ ވިދާޅުވީ އެކްޓިވިސްޓުންނަށް ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެ ހުރިހާ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަޝީދުގެ ބަސްމަގު ހުރި ގޮތުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.

"ޕެޕާ ސްޕްރޭ ޖެހި އެންމެންނަށް ކޮންމެވެސް ކަހަލަ ފުރުސަތުތަކެއް އޮތުމަކީ ބޭނުންތެރި ކަމެއް. އެހެން ނަމަވެސް އަނެއްކާވެސް އަޅުގަނޑަށް އެވަނީ ވަރަށް ލަދުވެތި ވާހަކައަކަށް،" ނަޝީދު އިއްޔެ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޕެޕާ ސްރޭ ޖެހުނު ކޮންމެ މީހަކު ސަރުކާރުގެ ވަޒީފާއެއްގެ އުއްމީދުގައި ތިއްބަވަން ނުޖެހޭ ކަމަށެވެ. މިހާރު ވެސް ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ އިންތިހާއަށް ބޮޑު ކަމަށާއި އޭގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ތިބި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅެމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރަނގަޅު ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށް ވެސް ކަމެއް އޮންނަން ވާނެ. އެ މީހުން ވެސް ކަމެއްގައި އުޅެން ވާނެ. އެކަމަކު ހުރިހާ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ އެއީ ވާނެ ކަމެއް ނޫން. އެއީ ކުރެވޭނެ ވެސް ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމީހުންނަށް ވެސް ގޮތްތަކެއް އޮންނަންވާނެ ކަމަށެވެ. ނަމަވެސް އެގޮތްތައް ހޯދަން ވާނީ "އެ މީހަކު އަމިއްލައަށް" ކަމަށް ނަޝީދު ވިދާޅުވި އެވެ.
ހިޔާލު

ބޮޑުވަރިހަމަ

ތިމާ މީހާއަށް ކިޔޭ ނުކިޔޭއެއް ނޭނގި އަނގަ ދިޔާވެގެން އުޅެނީ ދެންވެސް އެހެންމީހުންނަށް ދޭހަވުން ކުޑަވީ ކަމަށް ހަދަން ތި އުޅެނީ