Lanka bodu vazeeru vadaiganna vaathee maadhmaa Male ge bayeh magu thah bandhu
image
މާލެ މަގެއް-- ފޮޓޯ: ހަފްތާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ލަންކާ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅިގެން މާދަމާ މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ ވަޑައިގަންނަވާތީ މާދަމާ އާއި އަންގާރަ ދުވަހު މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ލަންކާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި މާލޭގެ ބައެއް މަގުތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލޭގެ މަގުތައް ބަންދުކުރުމަށް ނިންމާފައި ވަނީ މާދަމާ ހެނދުނު 08:00 އިން މެންދުރު 02:00 އަށް އަދި އަންގާރަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން އިވެންޓު ނިމެންދެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.


އަންގާރަ ދުވަހު ބަންދު ކުރުމަށް ހަމަޖެހިފައިވާ މަގުތައް---


މާދަމާ ބަންދު ކުރުމަށް ހަމަޖެހިފައިވާ މަގުތައް---

ލަންކާ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށެވެ.

ރަނިލްއާއެކު ރާއްޖެ ވަޑައިގަންނަވާނީ އަނބިކަނބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހާ އެވެ. އަދި އެދެކަނބަލުންނާއެކު ލަންކާގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރަނިލްގެ ދަތުރުފުޅުގައި ރައީސް ސޯލިހާ ބައްދަލުކޮށް ލަންކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ. އަދި ސެޕްޓެމްބަރު ތިނަކާ ހަތަރެއްގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ވެސް އެމަނިކުފާނު ބައިވެރިވަޑައިގަންނަވާނެ އެވެ.

މި ކޮންފަރެންސް ޗެއާ ކުރައްވާނީ ވެސް ލަންކާގެ ބޮޑު ވަޒީރެވެ.
ހިޔާލު