Jian maruge mahsalaige miadhuge aduehun cancel kohfi
image
ހާދިސާ ހިނގި ތަން.
0 ކޮމެންޓް
 

ޖިއާން މަރުގެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

މާލޭގައި އިމާރާތް ކުރަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓިގެން މަރުވި، ބަންގަލްދޭޝްގެ ހަތް އަހަރުގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާންގެ މަރުގެ މައްސަލާގައި މިއަދަށް ތާވަލްކުރި ސަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
މިއަދު މެންދުރު އެ މައްސަލާގެ އަޑުއެހުމެއް ބާއްވަން ކްރިމިނަލް ކޯޓުން ޝެޑިއުލް ކުރުމަށް ފަހު ކެންސަލް ކުރީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލިސް ކެންސަލް ކުރި އިރު، އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.

ޑިސެންބަރު މަހު ހިނގި ހާދިސާ އާ ގުޅިގެން ދައުލަތުން އިންޑިއާ އަށް ނިސްބަތްވާ ހަތަރު މީހުންގެ އިތުރުން ދެ ދިވެހިންގެ މައްޗަށް ދައުވާ ކުރެ އެވެ.

އޭގެ ތެރެއިން އިންޑިއާ މީހެއްގެ މައްޗަށް މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ ކުރާއިރު، ދެ ވަނަ މީހާގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. ބާކީ ދެ މީހުންގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި، ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ދައުވާ އެވެ.

އެ މައްސަލަގައި ދައުވާކުރާ ދެ ދިވެހިންގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓް
ހިޔާލު