Wamco muvazzafakah hamalaadhin meehaku hayyarukohfi
image
ވެމްކޯ މުވައްޒަފަށް ހަމަލާދޭ މަންޒަރު.
1 ކޮމެންޓް
 

ވެމްކޯ މުވައްޒަފަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

ވެމްކޯ މުވައްޒަފަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި، ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހޯދަމުން ދިޔަ މީހާ މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ، އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒިރު ވުމުން ކަމަށެވެ. އުމުރުން 32 އަހަރުގެ ފިރިހެން މީހާ ހައްޔަރު ކުރި ނަމަވެސް، އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ވެމްކޯ ކުނި ނެގުމުގެ މަސައްކަތުގައި އުޅޭ މީހަކަށް އޭނާ ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަނީ އެސްލޯނު ހޮޅިބުރިއަކުން އޭނާގެ ގައިގާ ހައްޔަރު ކުރި މީހާ ތަޅާ މަންޒަރެވެ.

އޭގެ އިތުރުން އޭނާ އާ ދިމާލަށް، ހައްޔަރު ކުރި މީހާ ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔާ އަޑުވެސް އެ ވީޑިއޯ އިން އިވެ އެވެ. އެކަން ހިނގަން މެދުވެރިވީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
ހިޔާލު

އައިމަނު

ތި މީހާ ބާއްވާލާ ގޮޅީގަ! ވާނުވާ ޖަހާފަ ދުވާލުގެ އަލިކަން ނުފެންނަގޮތައް ބާއްވަންވީ މިކަހަލަ ރަންބުއްދި ފިލާގެން އުޅޭ މީހުން! މާރާމާރީ ހިންގި ވީޑިއޯއިން ފެނުނުގޮތުގަ އޭނާ ހަމަލާދިނީ ބޮޑު އަނިޔާއެއް ދިނުމުގެ ގަސްދުގަ ސީދާ ވެމްކޯ މުވައްޒަފުގެ ބޮލަށް!