Rilwan ge massalaige dhauvaa kurun avaskohdhinumah Nasheed edhivadaigenfi
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ރިލްވާން މައްސަލައިގަ ދައުވާކުރުން އަވަސްކުރުމަށް ނަޝީދު އެދިވަޑައިގެންފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުން އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ނަޝީދު އެކަމަށް އެދިވަޑައިގަތީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި ނަޝީދު ވިދާޅުވީ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ ރިޔާސީ ކޮމިޝަނުން ހޯދާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ދައުވާކުރުން އަވަސްކޮށްދިނުމަށް އެދޭ ކަމަށެވެ.މަރު ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ވިދާޅުވީ ރިލްވާނަށް ހަމަލާދީފައި ވަނީ ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ މީހުން ކަމަށެވެ. އެކަމަށް ރިއާޔަތްކޮށް ނަޝީދު ވިދާޅުވީ ރާއްޖޭގައި ވަކި ހިއްޕާލާފައިވާ "އަނދިރި ދައުލަތް" ރޫޅާލަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ނަޝީދު ވަނީ މިކަމުގައި ފުލުހުންގެ މުއައްސަސާގެ ފުރިހަމަ ޒިންމާ އަދާކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

އިއްޔެ ބޭއްވި މަރު ކޮމިޝަންގެ ބައްދަލުވުމުގައި ރިލްވާން ގެއްލުވާލުމާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ގިނަ އަދަދެއްގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ.

ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށާއި އެކަމަކު، ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިކަން އަދި ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ ރިލްވާން އެރުވި އުޅަނދުގެ ވެރިފަރާތް ވެސް ހޯދިފައިވާ ކަމަށެވެ.

ނަމަވެސް މިގޮތަށް ހެކި ލިބިފައި ވިޔަސް ހެކި ބަހުގައި ފަރަގު ހުރުމުން އެއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ ވަރެއް ނޫން ކަމަށް ސުއޫދު ވިދާޅުވި އެވެ.

އޭގެ އިތުރުން މިހާތަނަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ރާއްޖެއިން ފުރައިގެން ނުދެވޭނެހެން ޕާސްޕޯޓު ހިފެހެއްޓުމަށް އެދިފައިވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ހިޔާލު

މިގޭ

މީކާކުތަ މާ ބޮޑުވެގެން މިއުޅެނީ.