Rangalhu sihhatheggai hurumah dhuhvanee baiskal
image
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ރަނގަޅު ސިއްހަތެއްގައި ހުރުމަށް ދުއްވަންވީ ބައިސްކަލް

ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ކުޑަކުޑަ ބަދަލެއް ގެނެސްގެން ސިއްހީ އެތައް ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ ގޮތް ވުމަށް ނޭދޭ އެއްވެސް މީހަކު ނުހުންނާނެ އެވެ. އެގޮތުން ބައިސްކަލް ދުއްވުމަކީ ނަފްސާނީ ގޮތުންނާއި އަދި ޖިސްމާނީ ގޮތުން ވެސް ސިއްހަތަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ ކަސްރަތެކެވެ.
ބައިސްކަލް ދުއްވުމުން ލިބޭ ބައެއް ފައިދާތައް

ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ
ނަފްސާނީ ބަލިމަޑުކަން ގިނަ މީހުން މިއަދު ތަހައްމަލް ކުރަމުންދާއިރު ބައިސްކަލް ދުއްވުމަކީ އެފަދަ މީހުންނަށް ވެސް ރަނގަޅު އަސަރުތަކެއް ފޯރުކޮށްދޭނެ ފަދަ ކަސްރަތެކެވެ. ގޭތެރޭގައި ކުރާ ކަސްރަތަށް ވުރެ ބޭރު ތެރެއަށް ގޮސް ގުދުރަތީ މާހައުލެއްގައި ކަސްރަތު ކުރެވިގެން ދިޔުމަކީ މީހާ އަށް ހިތްހަމަޖެހުން ވެސް ލިބޭނެ ފަދަ ކަމެކެވެ.

ބަރުދަން ލުއިކުރުމަށް އެހީވެދޭ
ބައިސްކަލް ދުއްވުމަކީ ހަށިގަނޑުގައި ހުންނަ ކެލޮރީސްތައް އަންދާލުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ދިރާސާތައް ދައްކާ ގޮތުން ކޮންމެ ގަޑި އިރެއްގެ ތެރޭގައި 400 އާއި 1000 އާ ދޭތެރޭގެ އަދަދަކަށް ކެލޮރީސް އަންދާލެވޭނެ އެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ
ބައިސްކަލް ދުއްވުމުގެ ސަބަބުން ހިތުން ހަށިގަނޑަށް ލޭ ފޯރުކޮށްދޭ މިންވަރު އިތުރުކޮށްދީ އެތައް ގޮތަކުން އެ ގުނަވަނަށް ފައިދާތައް ކުރުވަ އެވެ. މީގެ ސަބަބުން ހިތުގެ ބަލިތައް ދިމާވުމުން ދުރުކޮށްދެ އެވެ.

ރަނގަޅަށް ނިދި ލިބުމަށް މަގުފަހިވޭ
ބޭރުގެ ޔުނިވާސީޓީ އަކުން ހެދި ދިރާސާއަކުން ދައްކާ ގޮތުން ބައިސްކަލް ދުއްވުމަކީ ފިކުރު ބޮޑުވުމާއި ކަންބޮޑުވުން ފަދަ ކަންތައްތަކުން ދުރުކޮށްދީ ރަނގަޅަށް ނިދާލުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ސިއްހަތު
ހިޔާލު

ރައްޓެއްސާ

ކޭލެބައްޑާ