BHM ge ehee aa eku Basket kuri aruvan mubaaraatheh bavvaifi
image
ޑީބީސީ އެކަޑަމީން ބޭއްވި މުބާރާތުގެ ތެރެއިން-- ފޮޓޯ: ވީނިއުސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބީއެޗްއެމުގެ އެހީއާއެކު ބާސްކެޓް ކުރިއަރުވަން މުބާރާތެއް ބާއްވައިފި

ބީއެޗްއެމް ޓްރޭޑާސް އަދި ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ގުޅިގެން ޑީ ބާސްކެޓްބޯލް ކްލަބް (ޑީބީސީ) ގެ ފަރާތުން މުބާރާތެއް ބާއްވައިފި އެވެ.
ތިން ދުވަހަށް ކުރިޔަށް ދިޔަ އެ މުބާރާތުގައި 150 ކުޅުންތެރިން ބައިވެރިވެފައި ވެއެވެ. އެ މުބާރާތް ކުރިޔަށް ދިޔައީ ޑީބީސީގެ ހަތަރު ހައުސް ގެ މެދުގައި ފަސް އުމުރު ފުރައަކަށް ބަހާލައިގެންނެވެ.

މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ޑީބީސީ ގެ މަސްއޫލްވެރިޔާ މުހައްމަދު ހާޝިމް ވިދާޅުވީ ބާސްކެޓްބޯޅަ އިތުރަށް ފުޅާ ކުރުމަށްޓަކައި އިންޑޯ ކޯޓުތަކެއް ބޭނުންވާ ކަމަށާއި ސަރުކާރުން އެކަމަށް އަވަސް ހައްލެއް ގެނެސް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މިހާރު އިތުރަށް މިކަން ފުޅާ ކުރުމަށްޓަކައި އިންޑޯ ކޯޓުތަކެއް ހެދިގެން ވާނީ، މިހާރު ސަރުކާރުން މިކަމަށް ވަރަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ އުންމީދު ކުރެވޭ،" ހާޝިމް ވިދާޅުވި އެވެ.

އެ ފޯރިގަދަ މުބާރާތު ގައި 21 މެޗް ކުޅެވިގެން ދިޔަ އިރު ފައިނަލް މެޗް އޮތީ އިއްޔެ ހަވީރު އެވެ. ވަނަވަނަ އަށް އައި ފަރާތްތަކަށް ޓްރޮފީ އާއި އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބީއެޗްއެމް ޓްރޭޑާސް ގެ ޑެޕިއުޓީ މެނޭޖަރު އިބްރާޙިމް ނަބްހާރް ނައީމެވެ.

ބީއެޗްއެމް ޓްރޭޑާސް އާއި ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިތުރުން މާލެ ކުޅިވަރު އެކުވެނި، އަދި ހާއްސަކޮށް ޑީބީސީ ގެ ކޯޗުންނާއި ބެލެނިވެރިންގެ އެއްބާރުލުން ވެސް އެ މުބާރާތަށް ލިބިގެން ދިޔައެވެ.

ދެހާސްއަށްވަނަ އަހަރު އުފެދިގެން އައި ޑީބީސީ ގައި މިހާރު 500 އެއްހާ ކުދިން އުޅެއެވެ. އެ ކްލަބުގެ އަމާޒަކީ ބާސްކެޓްބޯލް ކުރިއަރުވާ ބާސްކެޓް ކުޅުމުގައި ފިޔަޖަހާލާނެ ތަރިން ތަކެއް އުފެއްދުމެވެ.
ހިޔާލު