Will Smith raajjey gai chutty heydhakuramun ebadhey
image
ވިލް ސްމިތު--
0 ކޮމެންޓް
 

ވިލް ސުމިތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދޭ

އެމެރިކާގެ މަޝްހޫރު އެކްޓަރު އަދި ކޮމޭޑިއަން ވިލް ސުމިތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނާ ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯ ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.

ފަސް ފަހަރެއްގެ މަތިން ގޯލްޑެން ގްލޯބް އެވޯޑަށް ނޮމިނޭޓްވެފައިވާ އުމުރުން 50 އަހަރުގެ ވިލް ވަނީ ދެ ފަހަރަކު އެކަޑެމީ އެވޯޑު ހާސިލްކޮށްފަ އެވެ. އަދި ރެޕާއެއްގެ ގޮތުގައި ދަ ފްރެޝް ޕްރިންސްގައި މަސައްކަތްކޮށް އޭނާއަށް ބޮޑު މަގުބޫލު ކަމެއް ވެސް ލިބިފައި ވެއެވެ.

ވިލް ކުޅެފައި ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "އައި އޭމް ލެޖެންޑް" އާއި "ފޯކަސް" އާއި "ސުސައިޑް ސުކޮއާޑް" އާއި "ބްރައިޓް" އާއި "އައި ރޮބެތޓް" އާއި "ބޭޑް ބޯއީސް" އަދި "އައްލާދިން" ހިމެނެ އެވެ.
ހިޔާލު