Rilwan ge massalaagai alhanjehey fiyavalhuthah lasnukoh alhaane: PG Office
image
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް-- ފޮޓޯ: ސަން
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ރިލްވާން މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންގެ އަބްދުﷲ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރިލްވާންގެ މައްސަލައިގެ މަސައްކަތް ރިޔާސީ ކޮމިޝަނާއެކު މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރަސްމީކޮށް ހުށަހެޅުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމުގެ ޔަގީންކަން ޕީޖީ އޮފީހުން ދިނެވެ.ރިލްވާންގެ މައްސަލާގައި އިންސާފު ގާއިމްކުރުމަށް މަސައްކަތް ކުރާނެ ކަަމަށް ޕީޖީން ބުނެފައިވާ އިރު، ޖުލައި 22 ވަނަ ދުވަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަޑައިގެން ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ޕީޖީ އައިޝަތު ބިޝާމް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ކޮށްފަ އެވެ.

ރިލްވާން ގެއްލުވާލުމުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުންނަށް ކުށް ސާބިތުނުވުމުން، އެ މައްސަލަ ޕީޖީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ނުކުރީ ކީއްވެތޯ ކޮމިޓީގެ މެމްބަރުން ބިޝާމާ ސުވާލުކުރެއްވި އެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރެއްވި ކަމަށް ޖުޑީޝަރީ ކޮމިޓީގައި ބިޝާމް ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ އެކަމުގެ މައުލޫމާތު ކޯޓުން ސާފުކުރައްވާފައިވާ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރުމުން ޕީޖީ ބިޝާމް ހެއްދެވީ ދޮގުކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ ބިޝާމަކީ އެތައް ރައްޔިތުންގެ މައްޗަށް ނުހައްގުން ދައުވާތަކެއް ކޮށްފައިވާ ފަރާތެއް ކަމަށެވެ. އެކަން އެހެން އޮއްވާ ބިޝާމް މަގާމުން ދުރު ނުކުރެވިގެން އުޅެނީ ކޮން ބޭނުމެއްގައިކަން ވިސްނިވަޑައިނުގަންނަވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

ބިޝާމް ޕީޖީގެ މަގާމަށް އައްޔަންކޮށްފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ޕީޖީ އޮފީހުން ދާދި ފަހުން ވަނީ މަރުގެ މައްސަލައެއްގައި ހުށަހެޅި ސިއްރު ހެކިންގެ މައުލޫތު "އޮޅިގެން" ހާމަކޮށްފަ އެވެ.
ހިޔާލު

ސުއުދު

ނޭޅޭނެ .އެހެން ނަމަކުރިންވެސް އެޅުނީސްދޯ.