Lanka bodu vazeeruge sharafga Raees jaafatheh baavvaifi
image
ރައީސްގެ ދެކަނބަލުން ލަންކާ ބޮޑުވަޒީރުގެ ދެކަނބަލުންނާއެކު--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ލަންކާ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސް ޖާފަތެއް ދެއްވައިފި

ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ސްރީލަންކާގެ އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ޖާފަތެއް ބާއްވަވައިފި އެވެ.
އެ ޖާފަތް ބާއްވާފައިވަނީ މިއަދު މެންދުރު ކުރުނބާ މޯލްޑިވްސްގައެވެ. އެ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ދެގައުމުގެ ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައި ވެއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެގައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އަދާކުރެއްވި ދައުރު ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ، ރާއްޖެ އާއި ސްރީލަންކާގެ ގުޅުމަކީ އެތަކެއް ޖީލުތަކަށް ހާއްސަކޮށް ވިޔަފާރި އާއި، ދަތުރުފަތުރުގެ ދާއިރާއިން ދެމިގެންގޮސްފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި، އެގުޅުން މިއަދު ވަނީ ޒަމާނީ އޮއިވަރަށް އައި ބަދަލުތަށް ކަޑައްތުކޮށް ބޭރު ދުނިޔޭގައި އަދި ދެގައުމުގެ ދޭދޭ ގުޅުމަށް ބަލާއިރު އިތުރަށް ބަދަހިވެފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.

އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ، ސްރީލަންކާގެ ބޮޑުވަޒީރު އިސްވެ ހުންނަވައިގެން މާދަމާ ކުރިޔަށް ގެންދިޔުމަށް ހަމަޖެފައިވާ އޮތް ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރަންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފަ އެވެ.

އެގޮތުން، އެ ކޮންފަރެންސްގައި މަޝްވަރާ ކުރާ މައިގަނޑު މަގްސަދު ކަމުގައިވާ އިންޑިއާ ކަނޑުގެ ސަރަޙައްދަށް ދިމާވާ ނުރައްކާތަކުން ރައްކާތެރިވުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުން ވެގެންދާނީ ރާއްޖެ އާއި ސްރީލަންކާ އާ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެ އާއި ސްރީލަންކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން އެދިލައްވާކަމުގައި ވިދާޅުވެފައެވެ.
ހިޔާލު