Youth Leadership Program Addu ga
image
ޔޫތު ލީޑާޝިޕް ޕްރޮގުރާމުގެ ޕޯސްޓަރު-- ވައިއެލްޕީ
މިއުނާ ހަސަން
0 ކޮމެންޓް
 

ޔޫތު ލީޑަޝިޕް ޕްރޮގްރާމް އައްޑޫގައި

ޔޫތު ލީޑާޝިޕް ޕްރޮގުރާމް ނުވަތަ ޒުވާން ލީޑަރުން އުފެއްދުމުގެ ޕްރޮގްރާމު މި އަހަރު އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގުރާމް (ޔޫއެންޑީޕީ) އިން ބުނެފި އެވެ.
ޔޫތު މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެ ޕުރޮގުރާމް، ސެޕްޓެމްބަރު މަހުގެ ތިނަކުން ހަތަކަށް އައްޑޫ ސިޓީގެ ހުޅުމީދޫގައި ކުރިއަށް ދާނެއެވެ.

ޒުވާން ލީޑަރުން ރާއްޖޭގައި އުފެއްދުމުގެ މަގްސަދުގައި 2010 ވަނަ އަހަރުން ފަށައިން ޔޫއެންޑީޕީން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގުރާމުގެ ދަށުން މިހާތަނަށް 150 އަށް ވުރެ ގިނަ ލީޑަނުން ވަނީ މުޖުތަމައުއަށް ނެރެފަ އެވެ.

ޔޫތު ލީޑާޝިޕް ޕްރޮގުރާމްގެ ދަށުން 16-25 އަހަރާއި ދެމެދުގެ ޒުވާނުން، އިލްމީ ގޮތުންނާއި ފަންނީ ގޮތުން ބޭނުންވާ ތަމްރީނުތަކުގެ އިތުރުން އިޖްތިމާއީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތަކަށް ލޯހުޅުވުމަށް އެވެއާނެސް ސެޝަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ޔޫއެންޑީޕީން ބުނީ، އައްޑޫގައި މިއަހަރުގެ ޕްރޮގުރާމް ބާއްވާއިރު، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި، އައްޑޫ ކައުންސިލްގެ އެއްބާރުލުން އެކަމަށް ލިބެމުން ދާކަމަށެވެ.

މިއަހަރުގެ ކޭމްޕުގެ އަމާޒަކީ، އައްޑޫގައި ދިރިއުޅޭ 16-25 އަހަރާ ދެމެދުގެ ޒުވާނުން ޑިމޮކްރަސީގެ އުސޫލުތަކާއި، އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުވާ މިފަދަ މައްސަލަތަކާއި ދެކޮޅަށް ވަކާލާތު ކުރާނެ ލީޑަރުން ތައްޔާރު ކުރުމެވެ.

ޔޫއެންޑީޕީން ކުރިއަށް ގެންދާ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގުރާމަކީ މިފަހަކަށް އައިސް ރާއްޖޭގައި، ޒުވާނުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމެވެ.

ޔޫއެންޑީޕީން މިނޫނަސް، އިޖުތިމާއީ ގޮތުންނާއި، އުމްރާނީ ގޮތުން އަދި އިގްތިސާދީ ގޮތުން ރާއްޖޭގެ ކުރިއެރުމަށްޓަކައި ގިނަ ޕްރޮގުރާމްތަކެއް ހިންގައެވެ.
ހިޔާލު