Ge eh thalhaalumun jehigen huri geah gehlunthakeh libijje
image
ގެއެއް ތަޅާލުމުން ޖެހިގެން ހުރި ގެއަކަށް ގެއްލުންވެފައި-- ފޮޓޯ: ހުސެއިން ސައީދު/ ޓްވީޓާ
0 ކޮމެންޓް
 

ގެއެއް ތަޅާލުމުން ޖެހިގެން ހުރި ގެއަށް ގެއްލުންތަކެއް ލިބިއްޖެ

މއ. ލިވާޒާ ހައުސް ތަޅާލިއިރު އެގެއާ ޖެހިގެން ހުރި ގެއެއްގެ ކޮޓަރިއަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
ލިވާޒާ ހައުސް ތަޅާލިއިރު ޖެހިގެން ހުރި ގެއަށް ލިބިފައިވާ ގެއްލުން ޓްވީޓާއާ ހިއްސާކުރީ ގެއްލުން ލިބުނު ކަމަށް ބުނާ ކޮޓަރީގައި ދިރިއުޅެމުންދާ މީހެކެވެ.

ފޮޓޯ ވެސް ޓްވީޓާއަށް އެމީހާ ހިއްސާކުރިއިރު ފޮޓޯތަކުން ފެންނަނީ ސީލިންގު ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަނެވެ.

އެމީހާ ބުނި ގޮތުގައި އެމައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލަން ފުލުހުންނެއް ނާދެއެވެ. އަދި ސިޓީ ކައުންސިލުން ވެސް ފޯނަށް ޖަވާބެއް ނުދޭ ކަމަށް އެމީހާ ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު، ޝިޕާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ޓެގް ކުރައްވާ އެމީހާ ކުރި އެޓްވީޓުގައި އޭނާ ވަނީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ވެސް އެދިފައެވެ.

އެކަމާއި ގުޅިގެން ޝަމާއު މިއަދު ސީއެންއެމްއަށް ވިދާޅުވީ އެ މައްސަލަ މިއަދު ރަސްމީކޮށް ލިޔުމަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އެކަމާ ބެހޭ ސެކްޝަނުން މައްސަލަ ބަލަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިޔާލު