COVERAGE: Yameen ge money laundering massalaige 4 vana adu ehun fashaifi, miadhu ves othee heki bas negun
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްގައި--
0 ކޮމެންޓް
 

މަނީ ލޯންޑަރިން މައްސަލައިގެ ހަތަރުވަނަ އަޑުއެހުން ނިންމާލައިފި

ލައިވް ކަވަރޭޖް
12:55
03/09/2019
މަނީ ލޯންޑަރިންގެ ދައުވާ އަށް ޔާމީން އިންކާރު ކުރައްވާ، އެ ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ފަސް އަހަރާއި 15 އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ.
12:53
03/09/2019
މިއަދު އަޑުއެހުން ނިންމާލާފައި ވަނީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ތެރޭގައި ހެކިން ހާޒިރު ކުރުމަށް ދެތިން ފަހަރަކު މެދުކަނޑާލުމަށް ފަހުގައި.
12:52
03/09/2019
ލުތުފީގެ ބަޔާން ނުވަތަ ވީޑިއޯ ޝަރީއަތުގެ މަޖިލީހުގައި ދެއްކުމާ މެދު ގޮތެއް ނިންމާނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށާއި ދިފާއީ ހެކިންގެ ހެކިބަސް ނެގުން ދެން އޮންނަ އަޑުއެހުމުގައި އޮންނާނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވި.
12:51
03/09/2019
މިހާރު ވަނީ ދައުލަތުން ހުށަހެޅި ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގައި ނިމިފައި. ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ލުތުފީ ގެންދަވަނީ ހެކިބަސް ދިނުމަށް ދެކޮޅު ހައްދަވަމުން.
12:50
03/09/2019
އަޑުއެހުން ނިންމާލިއިރު، ދެން އަޑުއެހުން ބާއްވާނެ ދުވަހެއް އިއުލާނެއް ނުކުރޭ.
12:45
03/09/2019
މިއަދުގެ އަޑުއެހުން ނިންމާލައިފި.
12:44
03/09/2019
އަނެއްކާވެސް ޝަރީއަތުގެ މަޖިލިހުގައި ބަހުސް ކުރީ ލުތުފީގެ ހެކިބަސް ނެގުމާ މެދު.
12:41
03/09/2019
ވަސީމް: ޒަމީރުގެ ގޯއްޗެއް ދެ މިލިއަން ޑޮލަރަށް ގަނެ، އޭގެ ފަހުން ވެސް ޒަމީރުގެ އަތުން 15 މިލިއަން ރުފިޔާ ނެގިން މަސައްކަތަކަށް. ނެގީ ކޭޝް.
12:40
03/09/2019
ކުރިން ހެކިބަސް ދެއްވި ޒަމީރު ވިދާޅުވީ އޭނާއަށް އެއް މިލިއަން ޑޮލަރު ލިބުނީ ވަސީމްގެ އަތުން.
12:39
03/09/2019
އެންސިސް ކުންފުނީގެ ސީއީއޯ މުހައްމަދު ވަސީމް އިސްމާއިލް ވަނީ ހެކިބަސް ނެގުމަށް ހާޒިރުކޮށްފައި.
12:05
03/09/2019
ޝަރީއަތުގެ މަޖިލިސް އަނެއްކާވެސް ފަށައިފި
12:04
03/09/2019
ދެން އޮތް ހެކިވެރިޔާ އަކީ މުހައްމަދު ވަސީމް އިސްމާއިލް. އޭނާ ހާޒިރު ކުރެވެންދެން ޝަރީއަތުގެ މަޖިލިސް މެދުކަނޑާލައިފި.
12:04
03/09/2019
ޒަމީރުގެ ހެކިބަސް ނަގައި ނިމިއްޖެ.
12:02
03/09/2019
ލުތުފީގެ ބަޔާނުގެ މައްސަލާގައި ގޮތެއް ނިންމާނީ ފަހުން ކަމަށް ހައިލަމް ވިދާޅުވި.
12:01
03/09/2019
ޒަމީރު: އެ ފައިސާ ހޯދީ އަޅުގަނޑުގެ މުދަލެއް ވިއްކައިގެން އޭގެ ޕްރޮސީޑްސް. އެ ފައިސާ ޖަމާކުރީ އެކައުންޓަށް. އެ ފައިސާ ނުލިބި ލަސްވެގެން ޔާމީން ގުޅުއްވިކަން ހަނދާނެއް ނުވޭ. އެކަމަކު އާޒިމާ ގުޅުއްވި.
12:00
03/09/2019
ދައުލަތުން މިހާރު ދަނީ ޒަމީރާ ސުވާލު ކުރަމުން.
12:00
03/09/2019
މިހާރު ވަނަ ތިންވަނަ ހެކިވެރިޔާ ހާޒިރުކޮށްފައި. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު.
11:58
03/09/2019
ގާޒީ ހައިލަމް: ޝަރީއަތް ކުރިއަށްދާ ގޮތުގެ ސަބަބުން ނުވަތަ ވީޑިއޯއެއް ބަލައިގެން ނުފޫޒެއް ފޯރުވިކަން ނުވަތަ ނޫންކަން ނޭނގޭނެ.
11:56
03/09/2019
ދައުލަތުން ވިދާޅުވީ ހެކިބަސް ދޭން ބޭނުން ނުވާ ފަރާތެއް ގަދަކަމުން ހެކިބަސް ނަގަން ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށް.
11:55
03/09/2019
ގާޒީ ހައިލަމް ވިދާޅުވީ އެކަން ކޮށްފައިވަނީ އޮންނަ އުސޫލުން ކަމަށް.
11:54
03/09/2019
ދިފާއުން ބުނަނީ އެ ވީޑިއޯ އާއި އޯޑިއޯ އަކީ ހެއްކެއް ގޮތުގައި ހުށަހަޅާފައިވާ އެއްޗެއް ނޫން ކަމަށް.
11:53
03/09/2019
ދިފާއީ ވަކީލު ވާހަކަ ދައްކަވަމުން ވިދާޅުވަނީ އެ ވީޑިއޯ ތަޖުރިބާކާރު އެނެލައިޒްކޮށްފައިވާ ރިޕޯޓެއް އޮތްތޯ ނުވަތަ ނެތްތޯ ދައުލަތުން ސާފުކޮށްދޭން ޖެހޭނެ ކަމަށް.
11:52
03/09/2019
ޔާމީން: ވީޑިއޯ އަކަށް ބެލުމަކީ ތިއޮރެޓިކަލް ކަމެއް. އެެީ އެއްވެސް ގާނޫނީ ކަމެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެން ވެސް ބޭނުން ލުތުފީ އާ ސުވާލު ކުރުމުގެ ފުރުސަތު.
11:52
03/09/2019
މިހާރު ވާހަކަދައްކަނީ ރައީސް ޔާމީން.
11:51
03/09/2019
ރައްދުގައި ދައުލަތުން ބުނީ ނުފޫޒެއް ފޯރާފައިވާ މީހަކު ވާހަކަ ދައްކާއިރު އޭނާގެ "ބޮޑީ ލެންގުއޭޖް" އަދި "ޕޮސްޗާ" ބަލައިގެން ވަރަށް ބައިވަރު ކަންކަން އެނގޭނެ ކަމަށް.
11:49
03/09/2019
އެކަމަކު ދިފާއުން ބުނަނީ ވީޑިއޯއެއް ބަލައިގެން މީހަކަށް ބިރު ދެއްކި ކަމެއް ނުވަތަ ނުފޫޒެއް ފޯރުވިކަން ނޭނގޭނެ ކަމަށް.
11:48
03/09/2019
އެގޮތުން ފުލުހުންނަށް ބަޔާން ދިނީ ބިރު ދައްކައިގެން ކަމަށް ލުތުފީ ބުނި ނަމަވެސް، އެކަން އެގޮތަށް ނުވާ ކަމަށް ދެއްކުމަށް ފުލުހުންނަށް ދިން ވީޑިއޯ އިންޓަވިއު ޝަރީއަތުގެ މަޖިލީހުގައި ދައްކަން ބޭނުންވާ ކަމަށް ދައުލަތުން ބުނޭ.
11:47
03/09/2019
ގާޒީ ހައިލަމް ވިދާޅުވީ ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ ކަމަށް، އެކަމަކު ދައުލަތުން ވިދާޅުވީ ހެކިބަސް ދޭން ލުތުފީ ދެކޮޅު ހައްދަވާ ކަމަށް.
11:46
03/09/2019
ދައުލަތުން ބުނީ އޭނާ މިވަގުތު ހުންނެވީ މެލޭޝިއާގައި ކަމަށް ވުމުން، މާލެ ގެނެސް ހެކިބަސް ނުނެގޭނެ ކަމަށް.
11:45
03/09/2019
ލުތުފީ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެފައި ވާތީ، އެކަން ކުރެވޭނެ ގޮތާ މެދު ގާޒީ ހައިލަމް ދައުލަތާ ސުވާލުކުރެއްވި.
11:45
03/09/2019
މިހާރު ޝަރީއަތުގެ މަޖިލީހުގައި މަޝްވަރާ ކުރަމުން ދަނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ހެކިބަސް ނެގުމާ ބެހޭ ގޮތުން.
11:44
03/09/2019
މިއަދު ބާކީ ތިބި ހެކިވެރިން 12:00 އަށް ހާޒިރު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ދައުލަތުން ބުނެފި.
11:44
03/09/2019
އެހެންވެ އޭނާގެ ހެކިބަސް ނަގައި ނިމިއްޖެ.
11:43
03/09/2019
ދިފާއުން ލުވައިޒާ ކުރާނެ ސުވާލެއް ނެތް ކަމަށް ބުނެފި.
11:41
03/09/2019
ލުވައިޒް: ޔާމީނުގެ މާލީ މުއާމަލާތަކާ ގުޅޭ ގޮތުން އާޒިމާ ގުޅުއްވި. ބީއެމްއެލްގެ ބޯޑަކީ މިނިވަން ބޯޑަކަށް ވުމުން، އެކަން ސީއީއޯ އެންޑްރޫ ހީލީ އަށް އެންގެވި. އޭގެ ފަހުން އެކަމުގައި އެއްވެސް މީހަކާ ވާހަކައެއް ނުދެކެވޭ.
11:38
03/09/2019
ލުވައިޒަކީ ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ބީއެމްއެލްގެ ބޯޑު މެންބަރެއް.
11:35
03/09/2019
ދައުލަތުން ލުވައިޒާ ސުވާލު ކުރަން ފަށައިފި.
11:34
03/09/2019
މިހާރު ކޯޓަށް ހާޒިރުކޮށްފައި ހުންނެވީ މުހައްމަދު ލުވައިޒް.
11:33
03/09/2019
ޝަރީއަތުގެ މަޖިލިސް އަނެއްކަ ފަށައިފި.
11:32
03/09/2019
ޔާމީން މައްސަލާގައި ވެސް ލުތުފީގެ ހެކިބަސް އަދި ލިބިފައެއް ނުވޭ. އޭނާ މިދިޔަ މަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ހެކިބަސް ދިނުމަށް މަޖުބޫރު ކުރަމުންދާ ކަމަށް ވިދާޅުވެފައި. އެކަމަކު ފަހުން ވަނީ އެ ޕޯސްޓު ޑިލީޓް ކުރައްވާފައި.
11:31
03/09/2019
އާޒިމާގެ ޝަރީއަތް ވެސް ވަނީ ފަށާފައި. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ކޯޓުގައި އޮތް އިރު، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ކޯޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހެކިބަސް ދިނުމަށް މަޖުބޫރު ކުރަމުންދާ ކަމަށް.
11:31
03/09/2019
އެއީ މަނީ ލޯންޑަރިން ހިންގަން އެހީވެދިން ކަމުގެ ދައުވާ އާއި ދޮގު މައުލޫމާތު ދިންކަމުގެ ދައުވާ.
11:31
03/09/2019
މި މައްސަލާގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ ދެ ދައުވާއެއް އުފުލާފައި.
11:30
03/09/2019
އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ.
11:30
03/09/2019
މަނީ ލޯންޑަރިން ދައުވާ އުފުލާފައި ވަނީ ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހިމެނޭ ބޮޑު ކޮރަޕްޝަނުގެ ތެރެއިން ޔާމީނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ވަދެފައިވުމުން އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހެދި އެސްކްރޯ އެގްރީމަންޓާ ހިލާފަށް އެހެން ފައިސާތަކެއް ހަވާލުކުރި ކަމުގެ ތުހުމަތުގަ.
11:29
03/09/2019
ދައުލަތުގެ ހެކިވެރިންގެ ތެރެއިން ހެކިބަސް ނުނަގާ މިހާރު ތިބީ މުހައްމަދު ވަސީމް އިސްމާއިލް، މޫސާ ޒަމީރު އަދި މުހައްމަދު ލުވޭޒް. އޭގެ އިތުރުން ގިނަ ކިތާބީ ހެކިތަކެއް ވެސް ދައުލަތުން ހުށަހަޅާފައިވޭ.
11:29
03/09/2019
އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު.
11:29
03/09/2019
ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން އޮތީ މިދިޔަ ހަފްތާގަ. އެ ދުވަހު ވަނީ ތިން މީހެއްގެ ހެކިބަސް ނަގައިފަ.
11:28
03/09/2019
އޭނާ ހާޒިރު ކުރެވެންދެން ޝަރީއަތުގެ މަޖިލިސް މެދުކަނޑާލައިފި.
11:25
03/09/2019
ޝަރީފުގެ ހެކިބަސް ނަގައި ނިމިއްޖެ، މިއަދުގެ ދެވަނަ ހެކިވެރިޔާ މއ. ދިލާސާގެ، މުހައްމަދު ލުވައިޒް ކޯޓަށް ހާޒިރު ކުރަން ހަމަޖެހިފައި ވަނީ 11:30 ގައި.
11:25
03/09/2019
ޝަރީފު ވިދާޅުވީ އެ އެކައުންޓުގެ ކަންކަން ކުރާނީ އެއްބަސްވުމުގައި ސޮއިކުރާ ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަމަށް.
11:24
03/09/2019
ގާޒީ އަހްމަދު ހައިލް ސުވާލުކުރެއްވީ އެސްކްރޯ އެކައުންޓެއް ހުޅުވުމުގައި ބޭންކުން އަމަލު ކުރާ އުސޫލާ ބެހޭ ގޮތުން.
11:23
03/09/2019
ދައުލަތާއި، ދިފާއުން އިތުރު ސުވާލު ކުރަން ނެތުމުން ޝަރީއަތުން ވަނީ ބައެއް ކަންކަން ޝަރީފުގެ ކިބައިން ސާފުކޮށްފައި.


11:16
03/09/2019
ޝަރީފު: އެސްކްރޯ އެކައުންޓާ ގުޅޭ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އަޅުގަނޑު ހަމަޖެއްސީ ސީއީއޯ އެންޑްރޫ ހީލީ. އެއީ ޔާމީނާ ގުޅޭ އެކައުންޓެއްކަން އެނގުނީ އެކައުންޓު ހުޅުވި ފަހުން.
11:15
03/09/2019
ޝަރީފް: އެސްކްރޯ އެކައުންޓު ހުޅުވީ ބޭންކުގެ އުސޫލުތަކާ އެއް ގޮތަށް. އެ އެކައުންޓަށް ފައިސާ ޖަމާ ކުރުމާ ބެހޭ ގޮތުން ޝަކުވާއެއް ބޭންކަށް ލިބުނުކަމެއް ނޭނގޭ.
11:15
03/09/2019
މިހާރު ސުވާލު ކުރަމުން ދަނީ ދިފާއީ ވަކީލުން.


11:14
03/09/2019
ޝަރީފް: އެސްކްރޯ އެކައުންޓު ހުޅުވި ކަމުގެ ލިޔުމެއް ހޯދަން ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ގުޅުއްވި.
11:13
03/09/2019
އެކަމަކު އެސްކްރޯ އެކައުންޓު ހުޅުވުމުގައި އަމަލީ ގޮތުން ބައިވެރި ނުވާ ކަމަށް ޝަރީފު ވިދާޅުވޭ.
11:12
03/09/2019
ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޝަރީފު ބުނީ ބޭންކުގައި އެސްކްރޯ އެކައުންޓު ހުޅުވުމާ ބެހޭ ގޮތުން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް މައުލޫމާތު ދީފައިވާނެ ކަމަށް.
11:11
03/09/2019
މިއަދުވެސް އޮތީ ހެކިބަސް ނެގުން، އެންމެ ފުރަތަމަ ހެކިބަސް ދެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު.
11:10
03/09/2019
ޝަރީއަތުގެ މަޖިލިސް ފަށައިގެން މިހާރު ކުރިއަށް ދަނީ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ މިއަދު އަޑުއެހުން ފަށައިފި އެވެ.
ހިޔާލު