Dhivehi kudhinge mainbafainnah Lanka ga guardian visa dheyn fashaifi
image
ރަނިލް މަޖިލީހުގައި ތަގުރީރު ކުރައްވަނީ-- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

ދިވެހި ކުދިންގެ މައިންބަފައިންނަށް ލަންކާގައި ގާޑިއަން ވިސާ ދޭން ފަށައިފި

ސްރީލަންކާގައި ކިޔަވަމުން އަންނަ ދިވެހި ކުދިންގެ އުމުރުން 18 އަހަރު ވަންދެން އެކުދިންގެ މައިންބަފައިންނާއި މާމަ އަދި ކާފައިންނަށް އެގައުމުން ގާޑިއަން ވިސާ ދޭން ނިންމައިފި އެވެ.
އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ތަގުރީރު ކުރައްވަމުން ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. އެގޮތުން ކުއްޖާގެ އުމުރުން 18 ފުރުމާ ހަމައަށް އެގައުމުގައި ކިޔަވާ ދިވެހި ކުދިންގެ މައިންބަފައިންނާއި މާމަ އަދި ކާފައަށް ގާޑިއަން ވިސާ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން ރަނިލް ވަނީ ލަންކާގައި ގުނަވަން ބަދަލު ކުރުމުގެ ހުއްދަ ދިން ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށާއި އައްޑޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު އެޅުމަށާއި، އިތުރު ދެ ސްކޫލު ރާއްޖޭގައި އެޅުމަށް ވެސް ލަންކާ އިން އެހީވެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ ލަންކާ އިން ވަނީ އެގައުމުގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް ކިޑްނީ އާއި ހަށިގަނޑުގެ އެހެން ގުނަވަންތައް ބަދަލުކުރުން ނުވަތަ އޯގަން ޓްރާންސްޕްލާންޓްގެ ހިދުމަތް ލިބޭނެ ގޮތް ހަދާފަ އެވެ. މިދިޔަ ޖޫން މަހުން ފެށިގެން ދިވެހި ބައެއް ޕޭޝަންޓުންނަށް ސަރުކާރު މެދުވެރިވެގެން އެހިދުމަތް ލިބިފައި ވެއެވެ.

ރަނިލްގެ ރަސްމީ ދަތުރުފުޅު އިއްޔެ ފެއްޓެވިއިރު ދެގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ފަށައި ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވާފަ އެވެ.
ހިޔާލު

ދޫނި

18 އަހަރުން މަތީގެ ކުދިންގެ މައިންބަފައިންނަށް އެއްވެސް ހައްލެއް ނެތް ތިން މަހުން ތިން މަހުން މާލެ ދިޔުން ނޫން.