Dhivehi film Bavathi rey premier kohffi
image
ފިލްމު "ބަވަތި"ގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

ދިވެހި ފިލްމު "ބަވަތި" ރޭ ޕްރިމިއާ ކޮށްފި

"އައި ފިލްމްސް" ގެ ފުރަތަމަ އުފެއްދުން "ބަވަތި" ރޭ ޕްރިމިއާ ކޮށްފި އެވެ.
ރޭ އޮޕލިމްޕަހުގައި ފިލްމު ޕްރިިމިއާ ކޮށްފައި ވާއިރު ފިލްމު ބެލި ގިނަ ބަޔަކު ވަނީ ފިލްމު ވަރަށް ތަފާތު އަދި ރީތި ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން ރެޑްކާޕެޓް އިވެންޓްގައި ވެސް ފަންނާނުން ހެދުން އަޅާފައި ހުރި ގޮތް ވަރަށް ރީތި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ފިލްމުގެ ލީޑް ރޯލުން ފެންނާނީ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އަދި ފިރިހެން ލީޑު ރޯލުގައި އުޅޭނީ އަހްމަދު އިފްނާޒް ފިރާގެވެ. ފިލްމު ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ އިލްޔާސް ވަހީދެވެ.

މި ފިލްމު ބިނާވެފައި ވަނީ މައްސަލަ ބޮޑު ދިރިއުޅުމަކަށް ފަހު ހަމަޖެހިގެން ދިރިއުޅުމެއް ފަށަން މަސައްކަތް ކުރާ އަންހެނެއްގެ ދިރިއުޅުމުގެ މައްޗަށް ރޫހާނީ އެއްޗެއް ބާރު ފޯރުވުމުން ދިމާވާ ކަންތައްތަކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލެ އާއި ކ. ކާށީދޫގައެވެ.
ހިޔާލު