Stage mathin ehcheh govaa, pop star Joana maruvejje
image
ޖޮއާނާ--
0 ކޮމެންޓް
 

ސްޓޭޖު މަތިން އެއްޗެއް ގޮވާ، ޕޮޕް ސްޓާ ޖޮއާނާ މަރުވެއްޖެ

ސްޕެއިންގެ މަޝްހޫރު ޕޮޕް ސްޓާ ޖުއާނާ ސައިންޒް ގަރްސިއާ ސްޓޭޖު މަތިން އެއްޗެއް ގޮވުމުގެ ސަބަބުން މަރުވެއްޖެ އެވެ.
ބޭރުގެ ހަބަރުތަކުން ބުނާ ގޮތުގައި އުމުރުން 30 އަހަރުގެ ޖޮއާނާ މަރުވެފައި ވަނީ އޭނާގެ މިއުޒިކް ގުރޫޕާއެކު ލަވަ ހުށަހެޅުމުގެ ތެރޭގައި ސްޓޭޖު މަތީގައި ބަޑި ބޭސް ބޭނުން ކުރަނިކޮށް (ފަޔާ އޯކްސް) ކުއްލިއަކަށް ގޮވައިގެންނެވެ.

އެގޮތުން އެތަނަށް ވަގުތުން ޕެރަމެޑިކެއް އައިސް ޖޮއާނާ ބެލިއިރު އޭނާ އޮތީ ހޭނެތިފައި ކަމަށާއި އަދި އޭގެ ފަހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ސްޓޭޖު މަތީގައި ބަޑިބޭސް ބޭނުން ކުރަނިކޮށް ގޮވާ މަންޒަރުގެ ވިޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ހާދިސާއާ ގުޅިގެން ޖޮއާނާގެ ސަޕޯޓަރުންނަށް ޝޮކެއް ލިބިގެން ދިޔައިރު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ހިޔާލު