America ge 5400 hanguraamaverin Afghanistan in faibanee
image
އެމެރިކާ ސިފައިން-- ފޮޓޯ: ޕީބީއެސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެމެރިކާގެ 5400 ހަނގުރާމަވެރިން އަފްގާނިސްތާނުން ބޭލުމަށް ނިންމައިފި

އަފްގާނިސްތާނުގައި ހަނގުރާމަ ކުރަމުންދާ އެމެރިކާގެ 5400 ސިފައިން އެގައުމުން ބޭލުމަށް އެމެރިކާއިން ނިންމައިފި އެވެ.
އެމެރިކާއިން މިފަދަ ނިންމުމެއް ނިންމީ ތޯލިބާން ހަނގުރާމަވެރިންނާއެކު މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިންނެވެ. އެގޮތުން 20 ހަފްތާގެ ތެރޭގައި އެމެރިކާ ސިފައިން ފޭބުމަށް ވަނީ އެއްބަސްވެފަ އެވެ.

މިކަން ހާމަކުރެއްވީ އެދެގައުމުގެ މެދުގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގެ މެދުވެރިއެއް ކަމަށްވާ ޒަލްމޭ ހަލީޒާދް އެވެ. ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ހަލީޒާދް ވިދާޅުވީ އެގޮތަށް އެއްބަސްވެފައިވީ ނަމަވެސް އެކަމުގައި އެންމެ ފަހުގެ ނިންމުމެއް ނިންމާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.

ތޯލިބާން ހަނގުރާމަވެރިންނާއި އެމެރިކާއާ ދެމެދު މިފަދަ އެއްބަސްވުމަކަށް އާދެވިފައި ވަނީ ނުވަ މަޝްވަރާ ބައްދަލުވުމަށް ފަހުގަ އެވެ. ބައްދަލުވުންތައް ބާއްވާފައި ވަނީ ގަތަރް ގައެވެ.

ހާލީޒާދްގެ ވާހަކަތަކީ ތެދު ކަމަށް ތޯލިބާނުން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ހާލީޒާދްގެ އިންޓަވިއު ކުރިޔަށް ދިޔަ ވަގުތު ވެސް ތޯލިބާނުން ވަނީ ކާބުލްއަށް ހަމަލާއެއް ދީފަ އެވެ.

އެ ހަމަލާ ދީފައިވަނީ ޓްރެކެޓަރެއްގައި ބޮމެއް ހަރުކޮށްގެންނެވެ. ހަމަލާގައި 16 މީހުން މަރުވި އިރު 119 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ވަނީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އަފްގާނުގައި ތިބި އެމެރިކާގެ ސިފައިން މަދު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
ހިޔާލު