Hila barukohgen dhathurukuri baajeh farah araifi
image
ފަރަށް އެރި ބާޖު: ފޮޓޯ އެމްއެންޑީއެފް
1 ކޮމެންޓް
 

ހިލަ ބަރުކޮށްގެން ދަތުރުކުރި ބާޖެއް ފަރަށް އަރައިފި

ހިލަ ބަރުކޮށްގެން އިންޑިއާގެ ޓްޓިކޮރިން ބަނދަރުން ފުރައިގެން މާލެއަށް ދަތުރުކުރި ބާޖެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބާޖު، ކ. ހިންމަފުށީ އިރުމަތީފަރާތު ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 13:54 ހާއިރުއެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް، ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބާޖު ފަރަށް އަރަން މެދުވެރިވީ، ބާޖު ކަފުޖަހައިގެން ދަތުރުކުރި ޓަގު ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅި، ޓަގު ބޯޓުގެ އިންޖީނު ހުއްޓިގެން ކަމަށް ޓަގު ބޯޓުގެ ކެޕްޓަން އެމްއެންޑީއެފަށް މައުލޫޟާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ބާޖު ފުންކުރުމުގެ މަސައްކަތުގައި ބާޖުގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހިޔާލު

އައިސް

އަދީބު އެލިގަތީ؟؟؟