Rashu viyafaari kuri aruvan online adhi e-commerce fulhaa kuraa garaareh
image
ގަރާރު މަޖިލީހަށް ހުށަހެޅުއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު--
މިއުނާ ހަސަން
1 ކޮމެންޓް
 

ރަށްރަށުގެ ވިޔަފާރި ކުރިއެރުވުމަށް އޮންލައިން އަދި އީ-ކޮމާސް ފުޅާކުރުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް، ޒަމާނީ ތަރައްގީ ގެނުވައިދިނުމަށް އިލެކްޓްރޯނިކް އަދި އޮންލައިން ކޮމާސް ރާއްޖޭގައި ފުޅާ ކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅައިފި އެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދެވެ.

އެފަދަ ގަރާރެއްގެ ބޭނުނަމީ، ރަށްރަށުގައި އުފައްދާ ތަކެއްޗާއި، ރަށްރަށުގައި ކުރިއަރުވަމުންގެންދާ ވިޔަފާރި، ބޭރު ދުނިޔެއަށް ބަންދުކުރެވިފައިވާ ކުރެވުމަށް ނިމުމެއް ގެނެސް، ރަށު ބަންދުވެފައިވުމުން އެކަމަށް ހައްލެއް ހޯދުމެވެ.

އެގޮތުން، ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުށުނާރާނެ ފަދަ ގޮތަކަށް، ވިޔަފާރިތަށް ފަސޭހަކަމާއެކު ބެލެހެއްޓޭނެ އޮންލައިން ބިޒްނަސް ޓު ބިޒްނަސް އަދި ބިޒްނަސް ޓު ކޮންޒިއުމާ ނިޒާމެއް ގާއިމްކުރުމަށް މިގަރާރުގައި ގޮވާލާފައި ވެއެވެ.

މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުގައި، ވިޔަފާރިތަކުން ދައުލަތުގެ އިދާރާތަކަށް ލިބެން ޖެހޭ ފައިސާ ބަރާބަރަށް ނުލިބި، އިދާރީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ކުރިމަތި ވެފައި ވަނީ، ވިޔަފާރި ހިންގުމަށް ބޭނުން ކުރާނެ އިލެކްޓޯނިކް ނިޒާމެއް ގާއިމްވެފައި ނެތުމުން ކަމަށް ބުނެފައި ވެއެވެ.

އެގޮތުން، އެފަދަ ނިޒާމެއް ގާއިމްވެފައި ނެތުމުގެ ސަބަބުން ބޭންކިންގެ ހިދުމަތް ލިބޭ ރަށްތައް މަދުވެ، ފަސޭހަކަމާއެކު ވަގުތުން (ރިއަލް ޓައިމް) ފައިސާ ބަދަލު ކުރުމުގެ ނިޒާމެއް ނެތްކަން އެ ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުގެ ދަށުން، ސަރުކާރުގެ އިސްނެގުމުގެ މަތިން ރަށްރަށުގައި އުފައްދާ ތަކެތި ފަސޭހަ ކަމާއެކު ވިއްކާ، ވިޔަފާރި ކުރުމަށް މަގުފަހި ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

އޭގެ އިތުރުން ވެސް، ވިޔަފާރިތަކަށް މާލީ މުއާމަލާތްތައް ކުރުމަށް ކޮމާޝަލް ބޭންކުތަކުން ޕޭމަންޓު ގޭޓްވޭގެ ހިދުމަތާއި، އީ ވޮލެޓުގެ ހިދުމަތް ރާއްޖޭގެ އެތެރޭގެ މުއާމަލާތްތައް ޓްރާންސެކްޝަން ޗާޖާކާއި ނުލާ ލިބޭނޭ ގޮތް ހަދައިދީ ފަސޭހަކަމާއެކު ގުޅުވާލެވޭނެ މަގު ފަހިކޮށްދިނުން ވެސް ގަރާރުގައި ވެއެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި، ދިވެހިރާއްޖޭގެ ޕޯސްޓްގެ ނިޒާމް ޒަމާނީ އިލެކްޓްރޯނިކް ނިޒާމަކުން ގުޅާލައި، ޑެލިވާ ކުރެވޭ މުދާ އިންޝުއަކޮށް ރައްޔިތުންނަށް އަގުހެޔޮކޮށް ލިބޭނޭ ގޮތް ހެދުން ހިމެނެ އެވެ.
ހިޔާލު

ހުސެން

ކޮންމެ ކަމަކަށް ޤަރާރެއް. މަޤާމެއް ދިނަސް އުނދަގުލަކަށް ވާވަރު ނުކުރުން މުހިންމު