Qaanoonag genna badhalun meehunge magaamu gelleythee Gasim hiyhama nujehijje
image
ގާސިމް އިބްރާހީމް--
1 ކޮމެންޓް
 

ގާނޫނަށް ބަދަލު ގެނެސް، މީހުން މަގާމުން ވަކި ކުރާ ކަމަށް ވިދާޅުވެ ގާސިމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި

ގާނޫނުތަކަށް ބަދަލުގެނެސް ބައެއް މުއައްސަސާތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު މަޖިލީހު ތަޅުމުގައި ބަހުސް ކުރިއަށް ދިޔައިރު ގާސިމް ވިދާޅުވީ ގާނޫނުތަކަށް ބަދަލު ގެނެސްގެން މީހުންގެ ވަޒީފާ ގެއްލޭ ގޮތަށް ކަންކަން ކުރުމުގެ އުސޫލު އޮންނަ ނަމަ މާދަމާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ ބޭފުޅާ އާއި މަޖިލީހުގެ މެމްބަރުންގެ ދައުރު ކުރު ކުރުމުގެ ބާރު ވެސް އޮންނާނެ ކަމަށެވެ. އެކަމަކު އެއީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެންޓި ކޮޕަރްޝަން ގާނޫނު ކަމުގައި ވިޔަސް އަދި ހަމަ އެހެންމެ މީރާގެ ގާނޫނު ކަމުގައި ވިޔަސް ގާނޫނުތަކަށް ބަދަލު ގެނެސްގެން މީހުންގެ ވަޒީފާ ގެއްލިގެންދާ ގޮތަށް ކަންތައްތައް ކުރުމުގެ އުސޫލު އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޏާ ގާނޫނު އަސާސީ ވެސް ބަދަލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ ހުރި މީހަކު ވެސް ދުއްވާލަންވީ ނޫންތޯ؟ މަޖިލީހުގެ މެމްބަރުންގެ ދައުރު ފަސް އަހަރަށް އޮތްތަން ތިން އަހަރަށް ދެ އަހަރަށް ވެސް ހަދާލަންވީ ނޫންތޯ؟،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެގޮތަށް ވިދާޅުވެފައި ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ މަގާމުގެ ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނިކޮށެވެ.

އޭގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ.
ހިޔާލު

ޖީ ފޯ ޖާސިމް

ސޭޓޫ. ލައްކަ ދުވަހު އާރާ ބާރުގެ ބޭނުން ކޮށްގެން ނުފޫޒު ފޯރުވިއްޖެއެއްނު ދެއްތޯ. ދެން އަހަރުމެން ބޭނުން ގޮތަކަށް ކަންކަން ދާނީ. ފިއްތާލައިގެން އެކަނި އިނދޭ. ސޭޓުގެ ބާރެއް ދެނެއްދުވަހަކުވެސް ނުހިނގާނެ.