Neyvaa huttunu thuhthu kujjaku hospital ah gendhan sifainge meehaku eheeve dheefi
image
އިބްރާހީމް ސިނާން--
0 ކޮމެންޓް
 

ނޭވާ ހުއްޓުނު ތުއްތު ކުއްޖަކު ހޮސްޕިޓަލަށް ގެންދަން ސިފައިންގެ މީހަކު އެހީވެދީފި

ނޭވާ ހުއްޓުނު ތުއްތު ކުއްޖެއްގެ ފުރާނަ ސަމާލަތް ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިފައިންގެ މީހަކު އެހީތެރިވެދީފި އެވެ.
އެމްއެންޑީއެފުން ބުނީ ހ. ފެންނާގޭ ހަވަނަ ފަންގިފިލާގައި އޮތް 15 ދުވަހުގެ ތުއްތު ކުއްޖަކު ނޭވާ ހުއްޓުމުން، އެ ކުއްޖާ ސެނަހިޔާ ހޮސްޕިޓަލަށް ގެންދިޔުމަށް އެހީވެދިނީ ޕްރައިވެޓް އިބްރާހިމް ސިނާން ކަމަށެވެ.

ކޯސްޓުގާޑުގައި މަސައްކަތް ކުރާ ޕްރައިވެޓް ސިނާން ވަނީ ހ. ފެންނާގޭގެ ލިފްޓު ހުއްޓިފައި ހުރުމުން، ކުއްޖާ އަތްދަނޑި މައްޗަށް ލައިގެން ސިޑިން ފައިބާ މަގުމަތިން ދުވެފައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އިއްޔެ ހެނދުނު އެ ހާދިސާ ހިނގިއިރު، ތުއްތު ކުއްޖާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދިނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ފަސްޓްލެފްޓިނެންޓް ޑރ. ޝިފްލާ އަބްދުއްލަތީފެވެ.

ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ސިނާން ދެއްކެވި ހިތްވަރަށް ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.

އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ސިނާން ދެއްކެވި ހިތްވަރާ މެދު ފަހުރުވެރިވާ ކަމަށާއި، ސިފައިން ވެދެއްވޭ އެހީތެރިކަން ފެނުމުން އުފާވެރިކަން ލިބޭ ކަމަށެވެ.

އެމްއެންޑީއެފް
ހިޔާލު