Ithuru heydha eh nukoh high speed internet libey promotion eh Dhiraagun fashaifi
image
ދިރާގުން ފެށި ޕްރޮމޯޝަނުގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

އިތުރު ހޭދައެއް ނުކޮށް، ހައި ސްޕީޑް އިންޓަނެޓް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހޭދައެއް ނުކޮށް ހައި ސްޕީޑް އިންޓަނެޓާއި ގިނަ އެލެވެންސް ލިބޭ ޕެކޭޖެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަނުގެ ދަށުން އެއްވެސް ހަރަދަކާ ނުލައި، ދެ މަހުގެ މުއްދަތަަށް ހައި ސްޕީޑް އަދި ގިނަ އެލެވެންސް ހިމެނޭ ޕެކޭޖު ތަޖުރިބާ ކުރެވޭނެ ކަމަށެވެ.

މިއީ ސެޕްޓެމްބަރު 3 އިން ފެށިގެން އޮކްޓޯބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ފައިބަ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ކަސްޓަމަރުން މިހާރު ގެންގުޅޭ ޕެކޭޖުގެ އަގުގައި އެ ޕެކޭޖައްވުރެ މަތީގެ ޕެކޭޖެއް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އަނބުރާ ކުރީގެ ޕެކޭޖައް ބަދަލު ކުރެވޭނެ ކަމަށާއި، ދެ މަސް ހަމަވުމުން ޕެކޭޖް ބަދަލު ނުކުރުމުގެ އިހުތިޔާރު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގު ވެބްސައިޓްގެ މައި އެކައުންޓުން ޕެކޭޖް ބަދަލުކުރުމަށް އެޕްލައި ކޮށްގެންނެވެ. ވެބްސައިޓްގެ އިތުރުން އީމެއިލް، ނުވަތަ 123 އަށް ގުޅައިގެން ނުވަތަ ދިރާގު ކަސްޓަމަ ސަވިސް ސެންޓަރުތަކުން ވެސް ޕެކޭޖު ބަދަލު ކުރެވޭނެ އެވެ.

އެއާ ބެހޭ އިތުރު މައުލޫމާތު ލިބޭނީ https://www.dhiraagu.com.mv/Dhiraagu_Fibre_Broadband.aspx ލިންކުންނެވެ.
ދިރާގު
ހިޔާލު