3 commission akah islaahu genaumuge bill Majileehah balaiganefi
image
ރައްޔިތުންގެ މަޖިލިސް--
މިއުނާ ހަސަން
0 ކޮމެންޓް
 

ތިން ކޮމިޝަނަކަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެފި

ތިން މިނިވަން މުއައްސަސާއަކަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
މަޖިލީހަށް ބަލައިގެންފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އިލެކްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ސަރުކާރުގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ.

މަޖިލީހަށް ހާޒިރުވެ ތިއްބެވި 66 މެމްބަރުން އިއްތިފާގުން އެ ބިލް ފާސްކުރުމަށް ފަހު ވަނީ އިތުރަށް ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ހުށަހެޅުއްވި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަތީ 69 މެންބަރުންގެ ވޯޓުންނެވެ. އެ ބިލް ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެވެ. އެ ބިލް ވެސް ވަނީ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
ހިޔާލު