Rilwange massalaigai himeney High Court ge fandiyaaruge massala eh balanee
image
ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ރިލްވާންގެ މައްސަލާގައި ހިމެނޭ ފަނޑިޔާރު ހަސަން އަލީ ގުޅޭ މައްސަލައެއް ޖޭއެސްސީން ބަލަނީ

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމާއި ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރެފައިވާ ހުލާސާ ރިޕޯޓްގައި ހިމެނޭ، ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު އޮތް އެކޮމިޝަންގެ 61 ވަނަ ބައްދަލުވުމުގައެވެ. ބައްދަލުވުމާއި ބެގޭގޮތުން ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމާ، އެމައްސަލަ ބެލުމަށް އެބޭފުޅާގެ އެހެން މައްސަލައެއް ބެލުމަށް ކުރިން އެކުލަވާލި ކޮމިޓީއަށް ފޮނުވާފައިވާކަމަށެވެ.

ނަމަވެސް ފަނޑިޔާރު ހަސަން އަލީއާ ބެހޭގޮތުން ބަލާ މައްސަލައިގެ ތަފްސީލެއް ޖޭއެސްސީން ހާމައެއްނުކުރެއެވެ. ހަސަން އަލީގެ މައްސަލަ ބަލަން ނިންމި އިރު، ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ހުލާސާގެ 51، 52 އަދި 53 ވަނަ ނުކުތާގައި ވަނީ ހަސަން އަލީއާ ގުޅުން ހުރި ވާހަކަތަކެއް ބަޔާންކޮށްފައެވެ.

އެ ނުކުތާތަކުގައިވާ ގޮތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ހަސަން އަލީ ހުއްޓާ، ފުލުހުންގެ ދެ އިންޓެލިޖެންސް އޮފިސަރަކު ވަނީ އޭނާއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އެކަމަށް އެދި ރަސްމީ ލިޔުމެއް ހުށަނޭޅޭކަމަށް ފުލުސް އިންޓެލިޖެންސްގެ ދެ އޮފިސަރުން ބުނުމުން، އެމީހުން ބޭނުން ނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ އެއްޗެއް ހެދިދާނޭ ނޫންހޭ ހަސަން އަލީ ބުނި ކަމަށް ވެސް ރިޕޯޓްގައިވެއެވެ.

މިއަހަރުގެ ޖުލައި މަހު އޮތް ކޮމިޝަންގެ ބައްދަލުވުމުގައިވެސް ވަނީ ހަސަން އަލީ މައްސަލައެއް ބެލުމަށް ނިންމައިފައެވެ.

ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ މިފިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ވަނީ އެކޯޓުގެ ރަޖިސްޓްރާގެ މަގާމު އަދާކުރައްވައިފައެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ވެސް އޭނާ އައްޔަންކުރި އެވެ. ހަސަން ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައުސިން މިނިސްޓަރުގެ ނައިބުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.
ހިޔާލު

mithu

މިމީސްމީހުންގެ ވަކާލާތު ކުރުމުގެ ހުއްދަވެސް ބާތިލް ކުރެވޭނެހެން ގާނޫންތައް އިސްލާޙުކުރަންވީ ސެޓްފިކެޓް އެއްވިޔަސް އަދި ސަނަދެއްވިޔަސް ބާތިލް ކޮއްލެވޭގޮތައް ނޫނީ ދާއިމަށް އޭގެ ބޭނުން ނުހިފޭ ގޮތް ހަދަންވީ އެނޫން ގޮތެއްނެތް