Hong Kong ge Extradition bill anburaa gendhanee
image
ހޮންކޮންގެ ލީޑަރު ކެރީ ލެމް--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހޮންކޮންގެ އެކްސްޓްރެޑިޝަން ބިލް އަނބުރާ ގެންދިޔުމަށް އެގައުމުގެ ލީޑަރު ނިންމައިފި

ކުށްވެރިން ޗައިނާ އަށް ފޮނުވާލެވޭ ގޮތަށް ހޮންކޮންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި އެކްސްޓްރެޑިޝަން ބިލް އެނބުރި ގެންދިޔުމަށް ހޮންކޮންގެ ލީޑަރު ކެރީ ލެމް ނިންމަވައިފި އެވެ.
އެކްސްޓްރެޑިޝަން ބިލްގެ ސަބަބުން ހޮންކޮންގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ އިރު އެބިލް މަޖިލީހުން ނެގުމަށް ނިންމާފައިވާކަން ކެރީ ލެމް ހާމަކުރެއްވީ ބުދަ ދެއްވި ޓީވީ ހިތޯބެއްގައެވެ. ބިލް ނެގުމަށް ނިންމީ އެއީ ރައްޔިތުންގެ އެދުމެއް ކަމުގައި ވާތީކަމަށް ކެރީ ލެމް ވިދާޅުވި އެވެ.

ކެރީ ލެމް ވިދާޅުވި ގޮތުގައި އެކްސްޓްރެޑިޝަން ބިލާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން "ހޮންކޮންގެ ރައްޔިތުން ވަނީ މާޔޫސްވެފައި" އެވެ. މުޒާހަރާތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ހޮންކޮން އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ވެސް އެގައުމުގެ ލީޑަރު ވިދާޅުވި އެވެ.

"ސަރުކާރު ނުވަތަ މުޖުތަމުއާ މެދު ހިތްހަމަނުޖެހި ދެކޮޅުވެރިވީ ކަމުގައި ވީނަމަވެސް، ކަންކަމުގެ ހައްލަކީ ހަމަނުޖެހުމެއް ނޫން،" ގައުމާ މުހާތަބުކުރައްވަމުން ކެރީ ލެމް ވިދާޅުވި އެވެ.

ކެރީ ލެމް ވިދާޅުވީ މިވަގުތު ސަރުކާރަށް އެންމެ މުހިންމުކަމަކީ ހަމަނުޖެހުންތައް ހުއްޓުވާ ގާނޫނާއި ގަވާއިދު ތަންފީޒުކުރުން ކަމަށެވެ. ގާނޫނާއި ހިލާފު ކަންކަމާއި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ކެރީ ލެމް ވިދާޅުވި އެވެ.

ކެރީ ލެމް ވަނީ އެކަމަނާގެ އިތުރުން ސަރުކާރުގެ އިސް ވެރިން ސަރުކާރާއި ދެކޮޅު ފަރާތްތަކާއި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމީހުންގެ ޝަކުވާތައް އަޑު އަހާނެކަމުގެ ޔަގީންކަން ކެރީ ލެމް ދެއްވި އެވެ.

އެކްސްޓްރެޑިޝަން ބިލް ހޮންކޮންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ މިއަހަރުގެ އޭޕްރީލް މަހުއެވެ. އެބިލްގައިވާ ގޮތުން އެކި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުން ހޮންކޮންގެ މައި ދައުލަތް ކަމަށްވާ ޗައިނާއަށް ފޮނުވާލެވޭނެ އެވެ.

ސަރުކާރާއި ދެކޮޅަށް ހޮންކޮންގައި ސިލްސިލާ ގޮތެއްގައި ކުރިއަށްދާ މުޒާހަރާތަކަށް މިހާރު ވަނީ ދެމަސް ވެފައެވެ.

ދެ މަހެއްހާ ދުވަހަށް މުޒާހަރާތައް ކުރިއަށް ގޮސްފައި ވާއިރު، މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ އެކްސްޓްރެޑިޝަން ބިލްގެ މަސައްކަތް އެއްކޮށް ހުއްޓާލުމަށެވެ. އަދި ހޮންކޮންގެ ލީޑަރު ކެރީ ލެމް އިސްތިއުފާ ދިނުމަށާއި މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ކުރަމުންދާ އަނިޔާ ތަހުގީގު ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލައެވެ.
މުޒާހަރާ ހޮންކޮން
ހިޔާލު